މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅު ތެރެއިން ފޭސް ތިނެއްގެ ދެވަނަ ބައި މިއަދު ހިއްކަން ފަށައިފި އެވެ.
30 ޑިސެމްބަރ 2023
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅު ތެރެއިން ފޭސް ތިނެއްގެ ދެވަނަ ބައި މިއަދު ހިއްކަން ފަށައިފި އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ފަށާފައިވާ ފޮޓޯތައް 'އެކްސް' ގައި ޕޯސްޓު ކުރައްވައިފަ އެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އެ ތަނުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތި ދެއްވާނެ ކަމަށާއި ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިއްކާ ނިންމައިފަ އެވެ. އަދި ދެވަނަ ބައިގެ ގޮތުގައި 53 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ސީއެމްސީސީ އެވެ.
ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އެވެ. އާބަންކޯ އިން އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ ޖުމްލަ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކައި 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ފޭސް ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމެވެ.
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
"70 ހެކްޓަރު ދޫކުރީ ކޮންޓްރޯލް ނުގެއްލޭ ގޮތަށް"
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
އެޗްޑީސީން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ފަޒީލް އަށް ގޯތި ހައްގު ނޫނަސް ވަށާފާރު ހުރީ ރާނާފައި