ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި އެ ތަން ހިއްކައިދޭ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ހިލޭ ދިން ނަމަވެސް އެ ބިންތަކާ ގުޅޭ ކަންކަމަށް ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ކަމަށް އާބަންކޯ އިން އިއްޔެ ބުނެފި އެވެ.
ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި އެ ތަން ހިއްކައިދޭ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ހިލޭ ދިން ނަމަވެސް އެ ބިންތަކާ ގުޅޭ ކަންކަމަށް ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ކަމަށް އާބަންކޯ އިން އިއްޔެ ބުނެފި އެވެ.
އެ 70 ހެކްޓަރުގެ ބިމުގެ ތެރެއިން 10 ހެކްޓަރު ދެނީ ހުޅުމާލެ އިންނެވެ. އަދި 60 ހެކްޓަރު ދޫކުރަނީ ރަސްމާލެ ހިއްކައި ނިމުމުން އެ ސަރަހައްދުންނެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އާބަންކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް ވިދާޅުވީ، ސީއެމްސީ އަށް ދޫކުރި ބިންތައް ތަރައްގީ ކުރުމުގެ ކުރިން މާސްޓަޕްލޭނެއް ހަދައި އެ ކުންފުނީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އޭރުން އެ 70 ހެކްޓަރުގެ ބިމުގެ ކޮންމެ ސަރަހައްދެއްގެ ބޭނުން ކަނޑައަޅާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ގާތްގަނޑަކަށް 96 ހެކްޓަރުގެ ބިން ހިއްކިއިރު އޭގެ ތެރެއިން 20 ހެކްޓަރު ދޭން ޖެހޭ ގޮތަށް އޮތީ އެ ތަން ހިއްކައި ދިން ކުންފުންޏަށް ކަމަށެވެ. އެއީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ތިލަފުށިން ވެސް ގާތްގަނޑަކަށް 10 ހެކްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަނޑައެޅޭ ބިންތައް ވިއްކުމުގެ މަރުހަލާ ނުވަތަ ޑިވެލޮޕްމަންޓް މޮޑެލް ނުވަތަ އެހެން މޮޑެލްއެއްގައި ވެސް ހުރިހާ މަސައްކަތެއް ކުރާނީ އެޗްޑީސީން. އެ ހިސާބުން ވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް އެބައޮތް،" ޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބިންތައް ވިއްކުމުގެ މަރުހަލާގައި ނުވަތަ ބިންތަކާ ގުޅޭ މުއާމަލާތާ ގުޅިގެން ލިބޭ ފައިސާ ވެސް ބަހައްޓަން ޖެހެނީ އާބަންކޯ އާއި ސީއެމްސީ ގުޅިގެން އުފައްދާފައިވާ އެކްސްރޯ އެކައުންޓެއްގަ އެވެ. އެ އެ ކައުންޓަށް ވެސް އާބަންކޯގެ ކޮންޓްރޯލް އޮންނާނެ ކަމަށް ޝާމް ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މި މަހުގެ 18 ގައި އިފުތިތާހުކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެ އެކްސްރޯ އެކައުންޓަށް މި ފައިސާ ވަނީމާ ވާ ގޮތަކީ އެ ބޭފުޅުން މަސައްކަތް ކުރަމުންދާ ނިސްބަތަކުން އެ ބޭފުޅުންނަށް ވެސް އެކްސްރޯ އެކައުންޓުން ފައިސާ ލިބިގެންދަނީ. އެހެންވީމާ އިތުރަށް ވިއްކިފައި އޮވެފައި އިތުރަށް އާމްދަނީއެއް ލިބިފައި އޮތް ކަމަކު އެ ބޭފުޅުންނަށް އެ އާމްދަނީއަކާ އަދި އަތެއް ނުލެވޭނެއޭ އެ ބޭފުޅުންގެ މަސައްކަތް ވެސް އެ ބޭފުޅުން ފުރިހަމަ ނުކުރާ ކަމަށް ވަންޏާ،" ސީއެފްއޯ ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ، ސީއެމްސީ އަށް ބިންތައް ދޫކުރީ އާބަންކޯ ނުވަތަ ދިވެހި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި އެ ތަންތަނަށް އަނބުރާ ނެގޭ ގޮތަށް ކަމަށެވެ.
"އެހެންވީމާ އެ ކޮންޓްރޯލްތައް އޮވެ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުން އެ ވިއްކުމާއި އެ އަށް ލިބޭ އާމްދަނީ ވެސް މިދަނީ،" އޭނާ ވިދާޅުވި އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ގާތްގަނޑަކަށް 96 ހެކްޓަރުގެ ބިން ހިއްކިއިރު އޭގެ ތެރެއިން 20 ހެކްޓަރު ދޭން ޖެހޭ ގޮތަށް އޮތީ އެ ތަން ހިއްކައި ދިން ކުންފުންޏަށް ކަމަށެވެ. އެއީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ތިލަފުށިން ވެސް ގާތްގަނޑަކަށް 10 ހެކްޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ހުޅުމާލެ 3 އިން ދިވެހިންނަށް ގޯތި ދޫކުރަން ލިބުނީ 70 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވި އެވެ.
"މިއަދު އަޅުގަނޑުމެންގެ އަތުން [ލަންކާގެ ސީއެމްސީ އަށް] މި ދަނީ 70 ހެކްޓަރު. އެކަމަކު ހުޅުމާލެ 3 އިންނާއި އަދި ކުރިއަށް އޮތް ތަނުގައި އެ ތަން ހިއްކުނީމާ ދޭން ޖެހޭ އެއްޗެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ހަތްދިހަ ހެކްޓަރުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެކަމަކު ކޯނޗެއްގެ ބަދަލުގައިތޯ؟ އެއްހާސް ނުވަދިހަ ތިން ހެކްޓަރު،" ފަޒުލް ވިދާޅުވި އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަމަލުކުރި ގޮތުގެ ތަފާތަކީ ދިވެހިންނަށް އެތައް ހާސް ބިންތަކެއް ލިބޭނެ ގޮތަށް މި މުއާމަލާތް ހިންގުމެވެ.
ރަސްމާލެ ހިއްކުމަށްޓަކައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ޖެހި ނަމަވެސް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބަޖެޓް ކޮމިޓީން ވަނީ އެ އަދަދު އުނިކޮށްފަ އެވެ. އެހެންވެ، ސަރުކާރުން އެހެން އޮޕްޝަނެއް ބޭނުންކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ނުވާނެ ގޮތެއް ހޯދީ ކަމަށް ސަރުކާރުން ބުންޏެވެ.
ފަޒުލް ވިދާޅުވީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 މިހާރު ވަނީ އެއްކޮށް ފުރިފައި ކަމަށާއި އާބަންކޯ އަތުގައި މިހާރު ބިމެއް ނެތް ކަމަށެވެ. އެހެންވެ، ރަސްމާލެ މަޝްރޫއު ވާނީ އޭނާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރިއަށް އޮތް 50 އަހަރަށް ރައީސް ޑރ. މުއިިއްޒު ފައްޓަވައި ދެއްވި އެންމެ ބިޔަ އަދި އެންމެ މުހިންމު މަސައްކަތެވެ.
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ފަށައިފި
ފުށިދިއްގަރު ހިއްކަނީ 70ހެކްޓަރު ސީއެމްސީސީއަށް ދީގެން
އެޗްޑީސީން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި