Roadha Mihaaru
ޖުމެއިލްގެ މޮޅު ކުޅުމާއެކު ކުޑަހެންވޭރަށް ފަސޭހަ މޮޅެއް

ޖުމެއިލްގެ މޮޅު ކުޅުމާ އެކު ކުޑަހެންވޭރަށް ފަސޭހަ މޮޅެއް

31 ޑިސެމްބަރ 2023

ޖުމެއިލް ޖަމީލް (ޖުމްބެ) ގެ މޮޅު ކުޅުމާ އެކު ކުޑަހެންވޭރު ޔުނައިޓެޑުން ފަސޭހަ ކަމާއެކު 5-0 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޖުމެއިލް ޖަމީލް (ޖުމްބެ) ގެ މޮޅު ކުޅުމާ އެކު ކުޑަހެންވޭރު ޔުނައިޓެޑުން ފަސޭހަ ކަމާއެކު 5-0 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޖުމެއިލް ވަނީ ގޯލެއް ޖަހައި، ދެ ގޯލު ޖަހަން އެސިސްޓް ކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕުގައި ދ. ކުޑަހުވަދޫ ޓީމުން ފާހަނގަވީ ޖުމެއިލް ވަނީ 2017 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަންގައި ކްލަބް އީގަލްސްގައި އުންމީދީ ކުޅުމެއް ދައްކައިފަ އެވެ. އޭނާ އެންމެ ފަހުން އީގަލްސްގެ ޖޯޒީގައި ފެނުނީ 2020/2021 ސީޒަންގަ އެވެ.

މިހާރު ފުރަތަމަ ޑިވިޝަނާ ދުރުގައި ހުރި ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގައި ބުރު ސްޕޯޓްސް ކްލަބަށް ޗެމްޕިއަންކަން ހޯދައިދީ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދޭން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަނުގައި ގުރޫޕް އޭ ގައި ހިމެނޭ ކުޑަހެންވޭރާއި ޖޭޖޭގެ ވެސް ފުރަތަމަ މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެންމެ ގޯލަކާ އެކު އެވެ. މެޗުގެ 27 ވަނަ މިނިޓުގައި އަލީ ޝަމާލް އަބްދުﷲ ކުޑަހެންވޭރަށް ލީޑު ނަގައިދިނީ، ކުރިން ފުރަތަމަ ޑިވިޝަނުގައި ވިދާލި އެޓީމުގެ ކެޕްޓަން ޝަހީމް އަބްދުލް ގާދިރު ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޝަމާލް ވެސް ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ފެށީ އީގަލްސް އިންނެވެ. ޝަމާލް އާއި ޖުމެއިލް ވަނީ އެކުގައި އީގަލްސްގެ ޔޫތު ޓީމަށް ކުޅެ، ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ކުޑަހެންވޭރުން ވަނީ ދެވަނަ ހާފު ފެށީގެން ދެ މިނިޓު ތެރޭ ލީޑު ފުޅާ ކޮށްފަ އެވެ. ޖޭޖޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ޖުމެއިލް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލީ ކުރިން ޓީސީ ސްޕޯޓްސް ކްލަބުން ފާހަގަވި ނަޝާހު އަހުމަދު (ނައްޓު) އެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ކުޑަހެންވޭރުގެ ތިންވަނަ ގޯލު ޖަހައިދިނީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހަސަން އަދުހަމް (ސަޑޭ) އެވެ. ޖޭޖޭއަށް ލިބުނު އެއްލުމަކުން، އިބްރާހިމް އަބްދުﷲ އެއްލި ބޯޅަ ހޯދައިގެން އަދުހަމް ވަނީ ޑިފެންޑަރެއް ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

އޭގެ ހަތަރު މިނިޓު ފަހުން މެޗުގެ ހަތަރުވަނަ ގޯލު ޖެހީ ޝަހީމް އެވެ. އޭނާ މި ގޯލު ޖެހީ ޖުމެއިލް އޭރިއާ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއިން ހުރސްކޮށްލި ބޯޅައަކުންނެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި ޒައިދާން އަހުމަދު ދިން ޕާހަކުންނެވެ.