ރާއްޖޭގައި މިއަދުން ފެށިގެން ބެއާބޯޓު ރަޖިސްޓަރީ ކޮށްދިނުން ހުއްޓާލަން ޖެހޭތީ ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބެއާބޯޓު ރަޖިސްޓަރީ ކޮށްދޭ އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
31 ޑިސެމްބަރ 2023
ރާއްޖޭގައި މިއަދުން ފެށިގެން ބެއާބޯޓު ރަޖިސްޓަރީ ކޮށްދިނުން ހުއްޓާލަން ޖެހޭތީ ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ބެއާބޯޓު ރަޖިސްޓަރީ ކޮށްދޭ އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އިމްޕޯޓް އެކްސްޕޯޓަށް ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން ބެއާބޯޓު ރަޖިސްޓަރީ ކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
އެކަމަކު އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ، ބެއާބޯޓު ރަޖިސްޓަރީ ކޮށްދެވޭނެ ގޮތަކަށް ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށް ބުންޏެވެ.
އެ އިސްލާހުގެ ދަށުން، މިނިސްޓްރީން ބުނި ގޮތުގައި، މިއަދުން ފެށިގެން ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޭނުންކުރާ ރާއްޖޭން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކާއި ހައި އެންޑް ލަގްޒަރީ ކެޓަގަރީގެ އުޅަނދުތަކެވެ.
އަދި ޕްލެޝާ ކްރާފްޓްގެ ގޮތުގައި ރާއްޖޭން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 13.7 މީޓަރަށް ވުރެން ދިގު އުޅަނދުތައް ވެސް ރަޖިސްޓަރީ ކޮށްދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އެ އުޅަނދުތައް ރަޖިސްޓަރީ ކޮށްދެނީ، ލަގްޒަރީ އުޅަނދެއް ނަމަ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ މެންބަރު، ކްލެސިފިކޭޝަން ސޮސައިޓީއަކުން ކްލާސްކޮށް، ބަނދެފައިވާ އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިިފިކޭޝަން ސޮސައިޓީސްގެ މެންބަރު ކުލާހުގައި ދެމިއޮތް އުޅަނދެއްކަން އަންގައިދިނުމަށް ދޫކޮށްފައިވާ ކްލާސް ސެޓުފިކެޓް އޮތް އުޅަނދަކަށް ވާ ނަމަ އެވެ. ޕްލެޝާ ކްރާފްޓުތައް ރަޖިސްޓަރީ ކޮށްދޭނީ، ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ ކްލެސިފިކޭޝަން ސޮސައިޓީއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ކްލާސް ސެޓުފިކެޓް ނުވަތަ ޔޫރިޕިއަން ޔޫނިއަނުން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެގްޒެމިނޭޝަން އޮތް އުޅަނދުތަކަށެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޭނުންކުރާ އުޅަނދުތައް ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ ނަމަ ސުންރޭޓް ޓެރިފުގައި ރާއްޖެ އެތެރެކުރުމަށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ތިން ކެޓަގަރީގެ ތެރެއިން ކޮންމެ އުޅަނދެއް ވެސް ބެއާބޯޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްދޭނީ ގިނަވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ބެއާބޯޓަކީ އެ އުޅަނދު ޗާޓަރުކުރާ ފަރާތްތަކުން އަމިއްލަ އަށް އުޅަނދު ދުއްވުމާއި ނެވިގެޓު ކުރުމަށް ދޫކުރާ އުޅަނދުތަކެވެ.
ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު