Roadha Mihaaru
ރާޖަޕަކްސާގެ ދަރިކަލުން ނަމާލްގެ މައްޗަށް އިތުރު ދައުވާއެއް

ރާޖަޕަކްސާގެ ދަރިކަލުން ނަމާލްގެ މައްޗަށް އިތުރު ދައުވާއެއް

12 ފެބުރުއަރީ 2017

ކޮލަމްބޯ (ފެބްރުއަރީ 12) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުގައި އިތުރު ދައުވާއެއް ކުރަން ނިންމާފައިވާ ކަމަށް ފުލުހުންގެ ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުގައި އެފްސީއައިޑީން ވަނީ ދެ ފަހަރަށް، ޔުނައިޓެޑް ފްރީޑަމް ޕީޕަލްސް އެލަޔަންސްގެ ފަރާތުން ޕާލަމެންޓުގައި ހިމެނޭ، ނަމާލް މިދިޔަ އަހަރު ހައްޔަރުކޮށްފަ އެވެ.

އެފްސީއައިޑީން ނަމާލް ފުރަތަމަ ހައްޔަރުކުރީ ޖުލައި 11 ގަ އެވެ. އެއީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝް ގްރޫޕުން ކޮލަމްބޯގައި ހިންގަން އުޅުނު 650 މިލިއަން ޑޮލަރުގެ ގެދޮރު އެޅުމުގެ މަޝްރޫއަކާ ގުޅިގެންނެވެ. ނަމާލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މި ޕްރޮޖެކްޓުން 79 މިލިއަން ރުޕީސް ހޯދާފައިވާ ކަމަށެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ޖުލައި 18 ގަ އެވެ. ދެ ވަނަ ފަހަރަށް ނަމާލް ހައްޔަރުކުރީ އޮގަސްޓް 15 ގަ އެވެ. އެއީ ހެލޯކޯޕަރޭޝަނުގެ 125 މިލިއަން ރުޕީސްގެ ހިއްސާގެ މައްސަލައިގަ އެވެ.

ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް ފުލުހުން އަންގާފައި ވަނީ ހެލޯކޯޕަރޭޝަނުގެ ހިއްސާ ގަތުމަށް ނަމާލް ވަނީ 45 މިލިއަން ރުޕީސް ހޭދަކޮށްފައި ކަމަށެވެ. އަދި މި ފައިސާ އަކީ އޭނާ ގަވާއިދާ ޚިލާފަށް ހޯދާފައިވާ އެއްޗެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މަނީ ލޯންޑްރިންގެ މައްސަލާގައި ނަމާލްގެ މައްޗަށް ދައުވާ ކުރަން ނިންމީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ވަނީ ޖޫން 22 އަށް ތާވަލްކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފިލާފައިވާ ކަމަށެވެ. އަދި އެ މީހުން ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ. މީގެ އިތުރުން އިންޓަޕޯލުގައި ވެސް ވަނީ އެދިފަ އެވެ.