Roadha Mihaaru

ވިއްސާރައާ ހެދި ކްރިމިނަލް ކޯޓް "ހުއްޓުމަކަށް" އައުމުން މެޖިސްޓްރޭޓް ކޯޓުތަކަށް ބުރޫއަރައިފި

މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ކްރިމިނަލް ކޯޓް "ހުއްޓުމަކަށް"،ރަށު ކޯޓުތަކަށް ހުރަސް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

02 ޖެނުއަރީ 2024

މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

މާލެއަށް މިދިޔަ އާދިއްތަ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މިއަދު ވެސް ކުރިއަށް ނުގެންދެ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކާ ގުޅިގެން، މާލޭގައި ތިބޭ މީހުންގެ ހެކިބަސް ނަގަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ މުދާތައް ފެނުން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރަމުންދާތީ އެ ކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް ވަގުތު ދިނުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދަނީ އެސްޓީއޯ ކުރިން ހިންގި އިމާރާތުގަ އެވެ. އެތަން ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ކޯޓުގެ ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަން އޮތީ ހުރަސް އެޅިފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެއަށް ވަގުތީ ގޮތުން ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ދަނީ ކުރަމުންނެވެ.