Roadha Mihaaru

ކްރިމިނަލް ކޯޓަށް ފެން ވަދެ، ޝަރީއަތްތަކަށް ބުރޫ އަރައިފި

ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުންވެ, އޮންލައިން ޝަރީއަތްތަކަށް މިއަދު ބުރޫ އަރައިފި އެވެ.

ކޯޓަށް ފެން ވަދެ، ޝަރީއަތްތަކަށް ބުރޫ އަރައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

04 އޮކްޓޯބަރ 2022

ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުންވެ, އޮންލައިން ޝަރީއަތްތަކަށް މިއަދު ބުރޫ އަރައިފި އެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ކޯޓުގެ ސާވާ ރޫމަށް ފެނުގެ އަސަރުކޮށް އެތަނުގެ ކޭބަލްތަކަށް ގެއްލުން ލިބިފައިވާތީ, މިއަދު ހެނދުނު ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އޮންލައިން ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކޯޓަށް ހާޒިރުވެގެން ބާއްވާ ހުރިހާ ޝަރީއަތްތަކެއް ކުރިއަށް ދާނެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތް ގިނަ ދުވަސްވެ, ބާވުމުގެ ސަބަބުން އެތަން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާ ދީފައި އޮތަސް, އެހެން ތަނެއް ނުލިބޭތީ އެތަން އަދިވެސް ދަނީ ބޭނުން ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން އެ އިމާރާތަށް ފެން ވަނުމުގެ މައްސަލަ ކުރިން ވެސް ބޮޑެވެ.