ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް އެ ކޯޓުން ކުރި ތުހުމަތު އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
12 މެއި 2024
ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް އެ ކޯޓުން ކުރި ތުހުމަތު އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން މިނިސްޓަރު އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތު ކުރީ މިދިޔަ މަހު އެވެ.
އެއީ އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެއީ ފުލުހުން ކުރި ތަހުގީގަކަށް ފަހު ދައުވާކުރި މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ނިންމުމުން އެ ތަހުގީގުގެ މައުލޫމާތު އާއްމުކުރުން ކަމަށެވެ.
ހޯމް މިނިސްޓަރު އިހުސާން ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފުލުހުންނަކީ ވަކި މުއައްސަސާއެއް ކަމަށާއި ކޮންމެ މުއައްސަސާއަކުން ވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ކަނޑައަޅާފައި ހުންނަ އުސޫލުތަކެއް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ މައްސަލައެއްގައި ވެސް ހިމެނޭ މައުލޫމާތު އާއްމު ކުރުމަކީ ފުލުހުން ކުރާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަަޅުގަނޑުމެން ޕްރޮސީޖަރަލީ ކުރަން ނިންމި ކަމެއް އެއީ ހާއްސަކޮށް ބޮޑެތި، ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުން އޮތް ބޮޑެތި މައްސަލަތަކުގައި އެގޮތަށް އަޅުގަނޑުމެން އެ މައްސަލާގައި ހިމެނޭ މައުލޫމާތުތައް ޕަބްލިކާ ހިއްސާ ކުރާނަމޭ،" އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގަ ފުލުހުން މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރަނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން، ފުލުހުންގެ މުއައްސަސާ ދުވަހަކު ވެސް ކޯޓަކާ ޗެލެންޖެއް ނުކުރާނެ. އަދި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުން ވެސް ނުކުރާނެ."
ހުރިހާ އިދާރާއަކުން ވެސް ކޯޓުތަކަށް އިހުތިރާމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށެވެ. އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ކުށް ކޮށްފައި ސަލާމަތްވާތީ ގާނޫނުތައް ދިރާސާ ކުރަނީ
ފުލުހުންގެ ސިއްރު ބަޔާންތަކެއް ލީކުކޮށްލައިފި
ކޯޓުތަކުގައި ޖާގައެއް ނެތް، އެއީ ހަގީގަތް!
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
ޝަރީއަތްތައް ލަސްވާތީ އިހުސާންގެ ރައްދެއް!
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
ކާރު ދުއްވި މީހާ ދޫވި ގޮތް ބަލައި، ފިޔަވަޅު އަޅަނީ