Roadha Mihaaru
އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ރަޝީދު

އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ރަޝީދު

02 ޖެނުއަރީ 2024

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް, ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ އަކަށް, ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ފިޒާނާ ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ފިޒާނާ އައްޔަނު ކުރެއްވުމުގެ ކުރިން އެ މަގާމު ފުރުއްވީ ޑރ. އަބްދުލް ހަންނާނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ފިޒާނާ އެ މަގާމަށް އައްޔަން ކުރައްވައި އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއެކު އެމްކިއުއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތަ، ފިޒާނާ ވަނީ އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމު 2017 އިން 2021 އަށް ފިޒާނާ ވަނީ އަދާކުރައްވާފަ އެވެ.