Roadha Mihaaru
އިޒްރޭލުގެ ރަހީނެއް އިޒްރޭލާ ހެދި މަރުވިކަމަށް ބުނެފި

ރަހީނުކުރި އިޒްރޭލު މީހަކު ސަލާމަތްކުރަން އުޅެނިކޮށް މަރުވިކަން ކަށަވަރުކޮށްދީފި

04 ޖެނުއަރީ 2024

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކުގައި ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހަކު ސަލާމަތްކުރަން އިޒްރޭލު ސިފައިން ކުރި މަސައްކަތުގެ ތެރޭ އެ މީހާ މަރުވެފައިވާކަން އިއްޔެ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލު ސިފައިން ބުނީ ރަހީނުކުރި 250 މީހުންގެ ތެރޭގައި ހިމެނޭ ސަރާ ބަރޫޝް މަރުވީ ސަލާމަތްކުރަން އުޅެނިކޮށް މިދިޔަ މަހުގެ 8 ގައި ކަމަށެވެ. ފަލަސްތީނުން ވަނީ ބަރޫޝް މަރުވިކަން ޑިސެމްބަރު 9 ގައި އިއުލާނުކޮށްފަ އެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ ވީޑީއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.

"މިވަގުތު އެ ހާދިސާގެ ތަފްސީލެއް ނެތް. އޭނާ މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ކަމެއް ނުވަތަ ނުވަތަ ހަމާސް އިން ގަސްތުގައި ހަމަލާ ދީގެން ކަމެއް ނޭނގެ،" އިޒްރޭލު ސިފައިން ނެރުނު ބަޔާނުގައި ބުންޏެވެ.

ހަމާސް އާއި ފަލަސްތީނުގެ އެކި ޖަމާއަތްތަކުން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން 129 މީހަކު އަދިވެސް ތިބީ ބަންދުކޮށްފަ އެވެ. -- އޭއެފްޕީ