Roadha Mihaaru
ހަމަލާގައި ޖިންސީ އަނިޔާކުރި ވާހަކައަކީ ދޮގެއް: ހަމާސް

ހަމާސްއިން އިޒްރޭލު މީހުންނަށް ޖިންސީ އަނިޔާކުރި ވާހަކަ ދޮގުކޮށްފި

06 މާޗް 2024

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި ހަމާސްގެ މެންބަރުން އިޒްރޭލުގެ އާންމުންނަށް "ޖިންސީ އަނިޔާ" ކުރި ބުނެ އަދ. އިން ރިޕޯޓެއް ނެރުމުން މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ހަމާސް އިން ބުނެފި އެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ރިޕޯޓް ތައްޔާރުކުރެއްވި އދ.ގެ މަންދޫބު ބަރޯސާވެ ވަޑައިގެންފައި ވަނީ އިޒްރޭލުން ދެއްކި ވާހަކަ އާއި އިޒްރޭލުން ވަކި ގޮތަކަށް ވާހަކަ ދައްކަން ނެރުނު ބަޔަކު ދިން މައުލޫމާތަށް ބަލައިގެން ކަމަށެވެ.

ހަމާސް އިން ބުނީ ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އެއްވެސް މީހެއްގެ ބަޔާން ވެސް ހިމަނާފައި ނެތް ކަމަށެވެ.

"މިއީ ދޮގު ތުހުމަތުތަކެއް އަދި މިއީ ފުރިހަމަ ކޮންމެ ތަހުގީގަކުން ވެސް ދޮގުކަން ހާމަވާނެ ކަމެއް،" ބަޔާނުގައިވެ އެވެ.

އިއްޔެ އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާތަކުގެ ތެރޭގައި، "ކޮންފްލިކްޓް-ރިލޭޓެޑް" ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް އެބަހުރި ކަމަށެވެ.

މި ކަންކަން މަދުވެގެން ތިން ތަނެއްގައި ހިނގި ކަމަށާއި ގިނަ ހާދިސާތަކުގައި، ރޭޕްކުރުމަށް ފަހު މަރާލާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މަރުވެފައިވާ އަންހެނުންގެ ގަބުރަށް ވެސް ޖިންސީ އަނިޔާ ކަމަށް ބުނެފައިވެ އެވެ. -- އޭއެފްޕީ