Roadha Mihaaru
ހަ މަސް ތެރޭ ފައިބަރު މަސައްކަތަށް ބިން ދޫކުރަނީ

ހަ މަސް ތެރޭ ވިލިމާލޭގެ ފައިބަރު މަސައްކަތަށް ތިލަފުށިން ބިން ދޫކުރަން ފަށާނެ: ރައީސް

06 ޖެނުއަރީ 2024

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ދޫކުރަން ނިންމާފައިވާ ބިންތައް ހަ މަސްތެރޭ ދޭން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ދޫކުރަން ނިންމާފައިވާ ބިންތައް ހަ މަސްތެރޭ ދޭން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތް މިހާރު ކުރަނީ އެ ރަށުގެ އިރުމަތީ ފަރާތުގަ އެވެ. ތިލަމާލެ ބްރިޖް އެޅުމަށް އެ ސަރަހައްދަށް ފައިބަރު މަސައްކަތްތައް ބަދަލުކުރުމުން، އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކުރި އެވެ.

މާލޭގެ މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ވިލިމާލޭގައި ދިމާވެފައި އޮތް އެ މައްސަލަ ހައްލުކުރަން ތިލަފުށިން ބިމެއް ދޭން ސަރުކާރުގައި އެދުނެވެ. އެކަމަކު ކައުންސިލުން އެދުނު ގޮތަށް އޭރު ބިން ހަމަޖައްސައެއް ނުދެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލެއަށް ވަޑައިގެން އެ އަވަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް ވަދައިގެން.--

މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް ވަދައިގެން.--

މޭޔަރު ކަމުގައި ވެސް އެ އަވަށުގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިމެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ކުރުމަށް ތިލަފުށިން ސަރަހައްދެއް ކަނޑައެޅި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ސަރަހައްދު ކަނޑައެޅިފައި އެވަނީ، ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފަ އެ ވަނީ. އެންމެ ގިނަވެގެން ހަ މަސް ތެރޭގަ ތަރުތީބުކުރެވިގެން އިތުރު ފަރާތްތަކަށް ވެސް ޖާގަ ލިބޭގޮތަށް އެ ސަރަހައްދަށް ބަދަލުވެވޭނެ،" ރައީސް ވިދާޅުވި އެވެ.

ވިލިމާލެއިން ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން، ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ވިލިމާލޭގައި ސީ އެމްބިއުލާންގެ ހިދުމަތް ފަށާފައިވާކަމާއި އެ އަވަށުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ވެސް އޮތް ކަމަށާއި އެކަމުގައި ބަލާނީ މަގުތަކުގައި އިންދާފައިވާ ގަސްތައް ނުނަގައި ހެދޭނެ ގޮތެއް އޮތްތޯ ކަމަށާއި ގަހެއް ނަގަން ޖެހިއްޖެނަމަ އިތުރު ގަސް އިންދާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.