Roadha Mihaaru
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ގަވާއިދު ބަދަލުކޮށްދޭން އެދި ސަރުކާރުން މަޖިލިހަށް!

06 ޖެނުއަރީ 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ މިހާރު އޮންނަނީ ހަ ބުރިއަށެވެ. އެކަމަކު، އެ އަވަށުގައި 10 ބުރިއަށް އިމާރާތްތައް ހެދޭނީ ޕްލޭނިން މިނިސްޓްރީގެ ގަވައިދު ރައްޔިތުންގެ މަޖިލިހުން އިސްލާހު ކުރުމުންނެވެ.

އެ އަވަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހެދުމުގެ ހުއްދަ ދިނުމަށް މިހާރުގެ ރައީސް ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި އޭރުގެ ސަރުކާރުގައި އެތައް ފަހަރަކު އެދިވަޑައިގަތެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަމަށް ހައްލެއް ހޯދައެއް ނުދެއްވަ އެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގއި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލޭގެ މީހުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޭޔަރަކަށް ހުންނެވިއިރު ވިލިމާލެ އަށް ކޮށްދެއްވަން ނިންމެވި ވަރަށް ގިނަ ކަންތައްތަކެއް ނުވި ކަމަށެވެ.

މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް.--

މޭޔަރު ކަމަށް ޕީއެންސީގެ ފަރާރުން ވާދަ ކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް، ރައީސް. ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް.--

އޭގެ ތެރެއިން އެންމެ މުހިންމު ކަންތައްތައް ނިންމެނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ގަވައިދު ބަދަލުކޮށްގެން ކަމަށް ވިޔަސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިންކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމަކު، މިހާރު އެކަން އިސްލާހު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގައި އެދިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވިލިމާލެއަށްޓަކައި އަޅުގަނޑު މޭޔަރު ކަމުގައި ހުރިއިރު ކުރަން ގަސްދުކުރި ވަރަށް ގިނަ ކަންތައްތަކެއް ނުވި ސަބަބުތަކެއް ރޭގައި އަޅުގަނޑު ވާނީ ފާހަގަ ކޮށްފައި. އެއީ މުޅި މާލޭގައި ވެސް އެކަން ވީ ގޮތް. ސަރުކާރުގެ މަޖިލީހުގެ އެއްބާރުލުމާ އެކީގައި ކުރެވެން ހުރި ކަންކަން އެކަނިކަން ނުވެ އޮތީ،" ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ދިޔައީ. އަޅުގަނޑު މޭޔަރަކަށް ހޮވިގެން ދިޔަ ދެ އަހަރާއި ބައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރިން އެކަން [ވިލިމާލެގައި 10 ބުރިއަށް ނެގުން ހުއްދަ ކުރަން] ވޭތޯ. މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީއާ ހިސާބުން އެ ހިފެއްޓުނު ހިފެހެއްޓުން ދެނެއް ނުހިފެހެއްޓޭނެ. ދެން މަޖިލީހުން އެކަން އިސްލާހު ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ."

ދެހާސް ފަނަރަ ވަނަ އަހަރާ ޖެހެންދެން ވިލިމާލޭގައި އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ. ހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށްޓަކައި ގަވާއިދު ބަދަލުކުރުމަށް މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު، އެ މަޖިލިހުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީއަށެވެ.