ގދ. ތިނަދޫ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ކައުންސިލުން ނިންމައިފި އެވެ.
07 ޖެނުއަރީ 2024
ގދ. ތިނަދޫ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ކައުންސިލުން ނިންމައިފި އެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފީ ނަގަން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ކަމަށެވެ.
އެ ފީ ނަގަން ކައުންސިލުން ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް، ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއް ކަމަށް ފާހަގަ ކުރެވޭތީ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ތިނަދޫގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިއަދުން ފެށިގެން އިދާރީ ފީގެ ގޮތުގައި 5،000ރ. ނަގާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އާބާދީގައި 10،000 ހަމަ ނުވަނީސް ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައެޅީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ނަމަވެސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އާ ސަރުކާރުން ވެސް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ތިނަދޫގެ މިހާރުގެ އާބާދީއަކީ 6،000 މީހުންނެވެ.
ރަށްވެހިކަން ދޫކޮށްލަން ފީ ނެގުން ގާނޫނުއަސާސީއާ ހިލާފް
ތިނަދޫ ކައުންސިލްގެ ރައީސަށް 30 ދުވަހުގެ ނޯޓިސްއެއް
އެލްޖީއޭއިން ތިނަދޫ ކައުންސިލާ ގުޅޭ އިންކުއަރީއެއް
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ހަވާލުކޮށްފި
ތިނަދޫ ކައުންސިލްގެ ދަރަޖަ ބަދަލުނުކުރެވޭނެ: އެލްޖީއޭ
ތިނަދޫ ރަށްވެހިކަން ދޫކޮށްލުމުން ނަގާ ފީ ބާތިލްކުރަނީ
ތިނަދޫ ސިޓީ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލެއް!