ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.
07 ޑިސެމްބަރ 2025
ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ވަރަށް ގިނަ ގޭގެއަށް ވަނީ ފެން ވަދެފަ އެވެ. އަދި ބައެއް ގެތަކުގައި ކޮޓަރިއަށް ފެން ވަދެ، އެނދާއި ބައެއްތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ވަނީ ފެން ވަދެފަ އެވެ.
މި ހާދިސާގައި ފެން ވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ތިނަދޫގައި ފެންބޮޑުވި އިރު، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެ ރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެއްޖެ
ތިނަދޫ ފަޅުގައި ހުރި ދޯނިތައް އުދަޔާއެކު "އެއްގަމަށް"
ވިއްސާރައާ ގުޅިގެން ބައެއް ރަށްތަކަށް ގެއްލުން ވެއްޖެ
މާލޭގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް