09 ޖެނުއަރީ 2024
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފެއްޓެވުމަށް ދެއްވި ތަގުރީރުގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތުކޮށް، ޓޫރިސްޓުން އަންނަ މިންވަރު އިތުރުކުރަން ސަރުކާރުން ގެންގުޅޭ ތަސައްވަރު ހިއްސާކުރައްވައިފަ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އާ ޕްރޮޑަކްޓުތަކާއި ތަޖުރިބާތައް ތައާރަފްކުރަން ސަރުކާރުން ވިސްނާފައިވާ ޕްލޭން ހިއްސާ ކުރައްވަމުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މަތީ ފެންވަރުގެ ހޮސްޕިޓަލިޓީ ސްކޫލެއް ގާއިމުކުރުމުގެ އިތުރުން ސްޕޯޓްސް، މެޑިކަލް އަދި ކަލްޗަރަލް ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތައް ދަނީ ހޯދަމުންނެވެ.
"ޗައިނާ އަކީ ކޮވިޑުގެ ކުރިން އަޅުގަނޑުމެންގެ [ރާއްޖޭގެ] އެއް ވަނަ މާކެޓު. އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެން ގުޅިގެން، އެ މަގާމު [ޗައިނާ އިން] އަލުން ހޯދަން ކުރާ މަސައްކަތް އިތުރަށް ވަރުދަގަކުރުން،" ގާތްގަނޑަކަށް 300 ބައިވެރިންނާ އެކު ބާއްވާ އެ ފޯރަމްގައި ރައީސް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ޓޫރިސްޓުން އަންނަން ފެށީ މި އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ނިމުނު އިރު، ޗައިނާ ވަނީ ޓޫރިސްޓުން އަންނަ މާކެޓުގެ ތިން ވަނައަށް އަރައިފަ އެވެ.
ޗައިނާއިން ޓޫރިސްޓުން އައުން ހުއްޓުމުން، ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އަވައްޓެރި އިންޑިއާ އިންނެވެ.
ރާއްޖޭގެ އެއް ވަނަ މާކެޓަށް ޗައިނާ އަލުން ވާން، ރައީސް އެދިވަޑައިގެންފައިމިވަނީ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓު ކުރަން، ރާއްޖެއާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީފައި ވާއިރު ވަރަށް ހުތުރު އަދި މަލާމާތުގެ ބަސްތައް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
އެ ކޯޅުންގަނޑުގެ ތެރެއިން ރާއްޖެ ބޮއިކޮޓު ކުރުމުގެ ވަރުގަދަ ކެމްޕޭނެއް އިންޑިއާގައި ދަނީ ކުރިއަށެވެ.
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް
ޗައިނާގެ ނޫސްތަކުގައި އިންޑިއާއަށް މެސެޖުތަކެއް
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިން
ފޭދޫފިނޮޅު މައްސަލާގައި އިންޑިއާއަށް ޗައިނާ ރައްދު ދީފި
ފޭދޫފިނޮޅު ދިނުމުން އިންޑިއާ ކަންބޮޑުވެއްޖެ
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް