Roadha Mihaaru
ޗައިނާގެ ބޮޑު އިތުބާރެއް ރައީސް ހޯއްދަވައިފި: ސައީދު

ޗައިނާގެ ބޮޑު އިތުބާރެއް ރައީސް މުއިއްޒު ހޯއްދަވައިފި: ސައީދު

10 ޖެނުއަރީ 2024

ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ ސަރުކާރާއި ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ވެރިކަމުގެ ކުރު މުއްދަތެއްގައި ހޯއްދަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާލުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ ސަރުކާރާއި ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ވެރިކަމުގެ ކުރު މުއްދަތެއްގައި ހޯއްދަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާލުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒާ އެކު, ޗައިނާ އަށް ކުރައްވާ ދަތުރުގައި ”މިހާރު“ އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, އޭނާ ވެސް އަދި ރައީސަކީ ވެސް ޗައިނާއާ ގާތް ގުޅުން ބޮޑު ބޭފުޅުންތަކަކަށް ވާތީއާ އެކު, ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރައީސް ޑރ. މުއިއްޒާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑު ކަމަށެވެ.

"މިސާލަކަށް ފުޖިއާން ޕްރޮވިންސްގެ ގަވަނަރުގެ ވާހަކައިގައި އެ ވިދާޅުވީ, ޗައިނާއަކީ ދިވެހިރާއްޖޭގެ އެކުވެރިއެއް ނޫނޭ ހަމައެކަނި. ތިމަންނަމެންނަކީ ދިވެހިރާއްޖޭގެ ޕާޓްނަރުންނޭ. އެއީ ވަރަށް ބޮޑު ވިދާޅުވުމެއް. އެ މެސެޖު މުޅި ގައުމަށް ފެތުރިގެންދާއިރު ދާނެ ބޭންކުތަކަށް, އިންޝުއަރެންސް ކުންފުނިތަކަށް, މިތާނގެ ފައިނޭންޝަލް މެގަ އިންވެސްޓަރުންނަށް, ބޮޑެތި އިންޖިނިއަރުންނަށް, ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް, ބޮޑެތި ޓުއާ އޮޕަރޭޓަރުންނަށް, މިހެން ގޮސް ހުރިހާ ދިމާލަކަށް," ސައީދު ވިދާޅުވި އެވެ.

"ޗައިނާ ސަރުކާރުގެ ވިސްނުން އެ ވިދާޅުވަނީ. އެއާ އެކު, އެ މީހުންގެ އައުޓް ބޯޑު އިންވެސްޓްމަންޓްތަކަށް އެ މީހުންގެ ސަރުކާރު އިތުބާރުކުރާ މަންޒިލެއްގައި އިންވެސްޓް ކުރާނީ."

ސައީދު އިޝާރާތް އެ ކުރެއްވީ ފުޖިއާން ޕްރޮވިންސްގައި ރާއްޖެ އިން އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ފުޖިއާންގެ ގަވަރުނަރު ދެއްކެވި ވާހަކަތަކަށެވެ. އެ ފޯރަމަށް 300 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޭނުންވާ ބޮޑެތި ޕްރޮޖެކްޓްތަކަށް އިންވެސްޓަރުންނާއި ފައިސާ ހޯދުމަށްޓަކައި ޕްރެޒެންޓޭޝަނެއް ހުށަހަަޅައި އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދަން މަސައްކަތް ކުރި އެވެ.

ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައި އިއްޔެ ބޭއްވި މޯލްޑިވްސް ބިޒްނަސް ދިޔަ ބައެއް ވިޔަފާރިވެރިން.

ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައި އިއްޔެ ބޭއްވި މޯލްޑިވްސް ބިޒްނަސް ދިޔަ ބައެއް ވިޔަފާރިވެރިން.

ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ, ގައުމަކާ ބެހޭ ގޮތުން ޗައިނާގެ އެފަދަ ބޭފުޅުން އެ ގޮތަށް ވާހަކަ ދައްކަވަނީ "އެހެން ތިއްބަވާފައި" އެކަނި ނޫން ކަމަށެވެ. އެ ރަހުމަތްތެރިކަން އޮތީ ވެސް އިތުބާރު އޮތުމުން ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި ބޭއްވި ބިޒްނަސް ފޯރަމްއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި ބޭއްވި ބިޒްނަސް ފޯރަމްއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މިސާލަކަށް ރައީސް ޑރ. މުއިއްޒު ކެމްޕެއިންގެ ތެރެއިން އެ ވިދާޅުވަމުން ގެންދެވީ ފްރީ ޓްރޭޓް އެކްޓިވޭޓް ކުރާނަމޭ. ނިމިދިޔަ ސަރުކާރުގައި ފްރީ ޓްރޭޑް އެއްބަސްވުން އޮތީ ބާއްވާފައި. ޗައިނާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ހެދި ފުރަތަމަ ގައުމު އަޅުގަނޑުމެންނަކީ ސާކް ސަރަހައްދުން. އެހެންވީމާ ވަރަށް ބޮޑު ގައުމަކާއި ވަރަށް ކުޑަ ގައުމަކާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ގުޅުމެއް އުފެދިގެން ދިއުމަކީ ވަރަށް ވަރުގަދަ ރަހުމަތްތެރިކަމެއް," ސައީދު ވިދާޅުވި އެވެ.

"ޗައިނާ އިން މި ދައްކަނީ ދުނިޔެ އަށް ނަމޫނާއެއް. އެހެން ފައިދާއެއް ނުނަގައި ކުދި ގައުމުތަކާ އެކު ވެސް ބޮޑެތި, ބިޔަ މަޝްރޫއުތަކަށް ކޯ އެކްޒިސްޓް ވެވިދާނެކަން."

އެންމެ ކާމިޔާބު، އެންމެ ވަރުގަދަ ފޯރަމް

މިނިސްޓަރު ސައީދަކީ މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ރާއްޖޭގެ އިންވެސްްމަންޓް ފޯރަމް ބޭއްވުމުގައި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރާއި އިންޑިއާ އަދި ޗައިނާގައި މީގެ ކުރިން ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްތަކުގެ މޭސްތިރިއަކީ އެއީ އެވެ.

ސައީދު ވިދާޅުވީ, ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރައީސް ޑރ. މުއިއްޒު ކޮންމެހެން ވެސް ބޭނުންފުޅުވީ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ މިހާ ކުރު މުއްދަތުގެ ތެރޭގައި އެހާ ކާމިޔާބު އިންސްޓްމަންޓެއް ފޯރަމެއް ބޭއްވުނީ ސައީދު ވިދާޅުވި ގޮތުގައި ޗައިނާގެ ސަރުކާރާއި ފުޖިއާން ޕްރޮވިންސްގެ އިސްވެރިންނާއި ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ބޮޑުކަމުންނެވެ.

ހުޅުމާލޭގެ ކޮމާޝަލް ހަތް ބިލްޑިންއެއް ހެދުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމަށް ބޭއްވި ހަފުލާ -

ހުޅުމާލޭގެ ކޮމާޝަލް ހަތް ބިލްޑިންއެއް ހެދުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމަށް ބޭއްވި ހަފުލާ -

ސައީދު ވިދާޅުވީ, ޗައިނާގައި މި ފަހަރު ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ކުރީގެ އަހަރުތަަކަށް ބަލާއިރު ބޮޑެތި އިންވެސްޓަރުން ޒިޔާރަތްކުރި ވަރު މާ ބޮޑަށް އިތުރެވެ. އޭގެ ތެރޭގައި އެއާލައިންތަކާއި ފައިނޭންސް ބޭންކުތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި އޭވިއޭޝަން އިންޑަސްޓްރީގެ އިންވެސްޓަރުން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއާ އެންގޭޖުވާން ބޭނުންވާ ބޮޑެތި ކުންފުނިތައް އަޅުގަނޑުމެންނަށް ފާހަގަވި. އެއީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކަށައަޅުއްވާފައި މިވާ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް މި ލިބުނީ," މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންވެސްޓްމަންޓް ފޯރަމް މިހާ "ވަރުދަވީ" ސަބަބުތަކެއް ހުރެގެންނެވެ.

ސައީދު ވިދާޅުވީ, މިދިޔަ ފަސް އަހަރު މިފަދަ ބޮޑު ކަމެއް ހިނގާފައި ނެތުމަކީ އެއް ސަބަބެވެ. އަދި ރާއްޖޭގެ އިގުތިސާދު ވެސް ވަރަށް ނާޒުކް ވަގުތަކަށް ވުމާއި ރައީސް ޑރ. މުއިއްޒުގެ މި އަހަރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ޗައިނާ އަށް ކުރެއްވުމަކީ ވެސް އެ ގައުމުގެ އިންވެސްޓަރުންގެ ލޯ ރާއްޖެ އަށް އަމާޒުވި ކަމެއް ކަމަށް ވިދާޅުވި އެވެ.

މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުުޅު ކަމަށް ވާއިރު, މިއީ ބޭރު ގައުމެއްގެ ވެރިއަކު ޗައިނާ އަށް މި އަހަރު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް މެ އެވެ.

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެކަން އެހެން އޮވެފައި އަދި ރައީސް މުއިއްޒަކީ ވެސް އަދި އަޅުގަނޑަކީ ވެސް އިންވެސްޓްމަންޓް ފޯރަމްތަކުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައި ތިބި މީހުންނަށް ވާތީއާ އެކު މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ޗައިނާގައި ބޮޑެތި ވިޔަފާރިކުރާ މީހުންގެ. ކޮންޓްރެކްޓަރުންނާއި ހާއްސަކޮށް ޖުމުލަކޮށް މުޅި ޗައިނާ ސަރުކާރުގެ ވެސް އިތުބާރު ރައީސް މުއިއްޒަށް ވަރަށް ބޮޑު."

"އެހެންވެއާ އެކު އެންމެ ކާމިޔާބު އިންވެސްޓް ފޯރަމަށް މި ފޯރަމް މި ވީ."

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރައްވާ ދަތުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ވެސް ދެ ސަރުކާރުން ވާހަތައް ބާއްވާނެ އެވެ.

ރާއްޖެއާ އެންގޭޖުވާން ބޭނުންވާ ބޮޑެތި ކުންފުނިތައް އަޅުގަނޑުމެންނަށް ފާހަގަވި. އެއީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކަށައަޅުއްވާފައި މިވާ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް މި ލިބުނީ-- ސައީދު

ރައީސްގެ ދަތުރުފުޅުގައި މިދިޔަ ދެ ދުވަހު ހޭދަކުރެއްީ ފުޖިއާން ޕްރޮވިންސްގަ އެވެ. އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ އިތުރުން ރާއްޖެއާ ގުޅުން ހުރި ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކާ ވެސް ރައީސް ޑރ. މުއިއްޒު އެ ދެ ދުވަހު ބައްދަލުކުައްވައި މަޝްވަރާތައް ބޭއްވެވި އެވެ. ބެއިޖިން އަށް ރޭ ވަޑައިގެން ކުރިއަށް ތިން ދުވަހަށް ވެސް އެފަދަ އިތުރު ބައްދަލުވުންތައް ވަނީ ތާވަލު ކުރައްވައިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި މިދިޔަ ދެ ދުވަހު ހޭދަކުރެއްވީ ފުޖިއާން ޕްރޮވިންސްގަ އެވެ. އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ އިތުރުން ރާއްޖެއާ ގުޅުން ހުރި ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކާ ވެސް ރައީސް ޑރ. މުއިއްޒު އެ ދެ ދުވަހު ބައްދަލުކުައްވައި މަޝްވަރާތައް ބޭއްވެވި އެވެ. ބެއިޖިން އަށް ރޭ ވަޑައިގެން ކުރިއަށް ތިން ދުވަހަށް ވެސް އެފަދަ އިތުރު ބައްދަލުވުންތައް ވަނީ ތާވަލު ކުރައްވައިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި މިދިޔަ ދެ ދުވަހު ހޭދަކުރެއްީ ފުޖިއާން ޕްރޮވިންސްގަ އެވެ. އިންވެސްޓްމަންޓް ފޯރަމް ބޭއްވުމުގެ އިތުރުން ރާއްޖެއާ ގުޅުން ހުރި ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކާ ވެސް ރައީސް ޑރ. މުއިއްޒު އެ ދެ ދުވަހު ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވި އެވެ.

ބެއިޖިން އަށް ރޭ ވަޑައިގެން ކުރިއަށް ތިން ދުވަހަށް ވެސް އެފަދަ އިތުރު ބައްދަލުވުންތައް ވަނީ ތާވަލު ކުރައްވައިފަ އެވެ.