Roadha Mihaaru
ޗައިނާއިން ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް

ރައީސް ޝީ، ރައީސް މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފި

10 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

އަހުމަދު ހަމްދޫން ބެއިޖިން އިން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

ޕީޕަލްސް ގްރޭޓް ހޯލަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން އިސްވެ އެ މަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސް ޝީ އެވެ.

ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ

ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ

ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި އޮނަގާޑެއް އިންސްޕެކްޓް ކުރުން އޮތެވެ. އަދި ދެ ގައުމުގެ ގައުމީ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް ޑރ. މުއިއްޒަށް މަރުހަބާ ކިޔެވެ.

އޭގެ ފަހުން ދެ ގައުމުގެ ރަސްމީ ވާހަކަތައް ވަނީ ބާއްވައިފަ އެވެ.

ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ

ޗައިނާގެ ރައީސް ޝީ، ރައީސް މުއިއްޒަށް މިއަދު މަރުހަބާ ދަންނަވަނީ

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ޗައިނާ އަށް ވެސް ގައުމެއްގެ އެންމެ އިސްވެރިއަކު މި އަހަރު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރާއްޖެ އާއި ޗައިނާގެ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް މުއިއްޒަށް މިއަދު މަރުހަބާ ކިޔަނީ.

ރާއްޖެ އާއި ޗައިނާގެ ދިދަ ހިފައިގެން ތިބި ކުދިންތަކެއް ރައީސް މުއިއްޒަށް މިއަދު މަރުހަބާ ކިޔަނީ.

ރައީސް ޝީގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ދެ ދުވަހު ފުޖިއާން ޕްރޮވިންސްގައި ހޭދަކުރެއްވައި ބައެއް ރަސްމީ ބައްދަލުވުންތައް ބޭއްވެވި އެވެ. ބެއިޖިން އަށް ވަޑައިގަތީ ރޭގަ އެވެ.