Roadha Mihaaru
ސައޫދީ ޓޫރިސްޓުންގެ އަދަދަށް ބޮޑު އިތުރުވުމެއް

ޓޫރިސްޓުން އެންމެ ގިނައިން އަންނަ 10 ގައުމު ތެރޭ ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާ

13 ޖެނުއަރީ 2024

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ގަދަ 10 ގައި ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާ ހިމެނިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ގަދަ 10 ގައި ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާ ހިމެނިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ސައުދީން 1،182 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އެވްރެޖުކޮށް އޮތީ ރާއްޖެއަށް ޓޫރިސްޓުން އަންނަ ލިސްޓުގެ 13-20 ވަނައިގަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސައުދީން ރާއްޖެއަށް އައީ 1،400 ޓޫރިސްޓުންނެވެ. މި މަހުގެ ބާކީ އޮތް ދުވަސްތަކާ އެކު އެއަށް ވުރެ ގިނައިން އެގައުމުން ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު އެގައުމުން ގާތްގަނޑަކަށް 30،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމު

- ރަޝިޔާ

- އިޓަލީ

- އިންޑިއާ

- އިނގިރޭސިވިލާތް

- ޖަރުމަނުވިލާތް

- އެމެރިކާ

- ޗައިނާ

- ފްރާންސް

- ކަޒަގިސްތާނު

- ސައުދީ އަރަބިއްޔާ

ކޮވިޑަށް ފަހު މެދުއިރުމަތިން ރާއްޖެއަށް ޓޫރިސްޓުން އައުން އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރު މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް 80،000 އެއްހާ ޓޫރިސްޓުން އައިސްފައިވެ އެވެ. ސައުދީ އަރަބިއްޔާގެ އިތުރުން ޔޫއޭއީ އާއި ކުވައިތުން ވެސް ރާއްޖޭއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 51،000 ޓޫރިސްޓުން އައިސްފަ އެވެ.