08 އޮކްޓޯބަރ 2024
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އެވްރެޖް އަދަދަކީ 5،500 އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ހަމަވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ. ނަމަވެސް މިއަހަރު ރާއްޖޭގެ ޓޫރިޒަމް 10 ޕަސެންޓް ކުރިއަރާނެ ކަމަށް އޮތީ ލަފާ ކުރެވިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެހެންވެ، އެ އަމާޒަށް ދާން މި މަހުގެ ބާކީ އޮތް ދެ ހަފްތާ އާއި ކުރިއަށް އޮތް ދެ މަހާ އެކު އިތުރު ފަސް ލައްކަ ޓޫރިސްޓުން އަންނަން ޖެހޭނެ އެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 228،000 ޓޫރިސްޓުން އައިސްފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 166،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ވަނީ 128،000 ޓޫރިސްޓުން އައިސްފަ އެވެ.
އެ ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ޖަރުމަންވިލާތެވެ. އެގައުމުން 110،000 ޓޫރިސްޓުން އައި އިރު ފަސް ވަނައިގައި އޮތް އިޓަލީން ވަނީ 107،000 ޓޫރިސްޓުން އައިސްފަ އެވެ.
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
ޗައިނާއިން އައި ޓޫރިސްޓުން ވަރަށް ބޮޑަށް ދަށްވެއްޖެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް