އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފި އެވެ.
15 ޖެނުއަރީ 2024
އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޓާމިނަލް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ޓާމިނަލަކީ އެއާޕޯޓު ބޮޑުކުރުމަށް 2018 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ. މި ޓާމިނަލް ތަރައްގީކުރަން ފެށީ ކާގޯގެ އަދަދު އެތައް ގުނައެއް އިތުރުވެ، ޓާމިނަލް ކުޑަވެގެން ދިމާވާ ދަތިތައް ހައްލު ކުރުމަށެވެ.
އާ ކާގޯ ޓާމިނަލް އިމާރާތް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކާގޯ ހިދުމަތް ދެމުން އަންނަ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވީއައޭގެ ކުރީގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީއަކީ 50،000 ޓަނު ނަމަވެސް އޯވާ ކެޕޭސިޓީގައި 75،000 ޓަނާ ހަމައަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ބޭނުން ކުރި އިމާރާތަކީ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ މުދާ އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެއްޓޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިމާރާތް 2022 ވަނަ އަހަރު ނިމުނު ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، އެ ތަނުން ހިދުމަތް ފެށުމަށް މާ ބޮޑު އިސްކަމެއް މީގެ ކުރިން ދީފައި ނުވެ އެވެ. އޭނާ ވަނީ މި ތަން ބޭނުން ކުރަން ފެށުމަށް ރައީސް މުއިއްޒު ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަލަށް ހުޅުވި ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ތިން ބުރީގެ އޮފީސް އިމާރާތެއް ހަދާފައިވާއިރު، މި ތަނުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ހާއްސަ 55 އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ.
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެދިއްޖެ
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ