ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިން ވެކްސިނުގެ ސަބަބުން ޔޫރަޕުން އެކަނި ވެސް 1.4 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިން ވެކްސިނުގެ ސަބަބުން ޔޫރަޕުން އެކަނި ވެސް 1.4 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ސެންޓްރަލް އޭޝިއާއާ އެކު 53 ގައުމެއް ހިމެނޭ ޑަބްލިޔުއެޗްއޯގެ ޔޫރަޕް ރީޖަނުން 277.7 މިލިއަން މީހުންނަށް ކޮވިޑް ޖެހުނެވެ. މިދިޔަ ޑިސެމްބަރު 19 ގެ ހިސާބުތައް ދައްކާ ގޮތުން މީގެ ތެރެއިން 2.2 މިލިއަން މީހުން މަރުވި އެވެ.
"މިއަދު މި ސަރަހައްދުގައި، 1.4 މިލިއަން، ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުން އެ މީހުންގެ ލޯބިވާ މީހުންނާ އެކު އުޅުމުގެ މަގު ތަނަވަސްވެފައި އެ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހުމަށް ނިންމި މުހިންމު ނިންމުމުގެ ސަބަބުން،" ޑަބްލިޔުއެޗްއޯ ޔޫރަޕް ރީޖަންގެ ޑިރެކްޓަރު ހޭންސް ކްލޫގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެކްސިން ބޫސްޓާ ފުރަތަމަ ޑޯޒުން އެކަނި ވެސް 700،000 އެއްހާ މީހުންގެ ފުރާނަ ސަލާމަތްވި ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ކްލޫގް ވަނީ ކޮވިޑް ޖެހުމުން ސިއްހަތަށް ބޮޑަށް ނުރައްކާ މީހުން ވެކްސިން ޖެހުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ހާއްސަކޮށް، ފިނި މޫސުމުގައި ބަލި ފެތުރުން އިތުރުވާއިރު އެކަމަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. --އޭއެފްޕީ
ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަފެނޭ: ޑަބްލިޔޫއެޗްއޯ
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ
އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް
ކޮވިޑްގެ ތިންވަނަ ޑޯޒެއް ޖެހުން ފަސްކޮށްދޭން އެދިއްޖެ
މެދުއިރުމަތީގައި އަނެއްކާ ކޮވިޑްގެ ނުރައްކާ ބޮޑުވަނީ
ކޮވިޑްގެ ދެވެކްސިނުން ޑޯޒް ފުރިހަމަކުރުން ނުރައްކާ