Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ފީނަން ގޮސް ހާލުދެރަވި ޓޫރިސްޓަކު މަރުވެއްޖެ

ފީނަން ގޮސް ހާލުދެރަވި ޓޫރިސްޓަކު މަރުވެއްޖެ

19 ފެބުރުއަރީ 2019

އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ފުޅި އަޅައިގެން ފީނަން ފޭބި ޓޫރިސްޓަކު ހާލުދެރަވެގެން މިއަދު މަރުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ފުޅި އަޅައިގެން ފީނަން ފޭބި ޓޫރިސްޓަކު ހާލުދެރަވެގެން މިއަދު މަރުވެއްޖެ އެވެ.

މިއީ، މި މަހު މިފަދަ ހާދިސާއެއްގައި އެ ރިސޯޓުގައި މަރުވި ދެވަނަ ޓޫރިސްޓު މީހާ އެވެ. މި މަހުގެ 12 ވަނަ ދުވަހު ވެލިދޫ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް، އުމުރުން 78 އަހަރުގެ އޮސްޓްރިއާގެ ޓޫރިސްޓަކު ގެނބިގެން ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ، އެ ރިސޯޓުގައި ފުޅި އަޅައިގެން ފީނަން އުޅެނިކޮށް މިއަދު މަރުވީ އުމުރުން 69 އަހަރުގެ ނެދަލޭންޑްސްގެ ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނައި ތަނުން ކަމަށް ފުލުހުން ބުނެ އެވެ.

އެ ޓޫރިސްޓު މީހާގެ ހާލު ދެރަވުމުން ފުރަތަމަ ގެންދިޔައީ ވަނީ އއ. ބޮޑުފުޅަދޫ ހެލްތު ސެންޓަރަށެވެ. އެއީ ގާތްގަނޑަކަށް ހެނދުނު 10:30 ހާއިރު އެވެ. އަދި ސީ އެމްބިއުލެންސެއްގައި އޭނާ މާލެ ގެނައީ މެންދުރު 12:30 ހާއިރެވެ.

ހާލުދެރަވި މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުޅި އަޅައިގެން ފީނަން ގޮސް އުޅުމުގެ ތެރޭގައި އެންމެ ގިނައިން މީހުންނަށް އަނިޔާވެ، މަރުވެފައި ވަނީ ޑިކޯވުމުގެ ސަބަބުންނެވެ. ނަމަވެސް ކޮމްޕިއުޓަރުން ދައްކާ ގޮތަށް ފީނުމުގެ ގަވާއިދާ އުސޫލުތަކަށް އަމަލު ކުރާ ނަމަ ފީނުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ.

މިދިޔަ ޖެނުއަރީ، 20 ގައި، ސަފާރީއަކުން ފީނަން ގޮސް އުޅުނު އުމުރުން 40 އަހަރުގެ ރަޝިޔާ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ. އަދި އޭގެ ފަހުން އަލިމަތާ ކައިރި އޮތް ސަފާރީއަކުން ފީނަން ފޭބި 57 އަހަރުގެ ޖަރުމަނު ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާ ގެއްލިގެން ހޯދިއިރު ފެނުނީ މަރުވެފައި އޮއްވަ އެވެ.