ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގެ ނިޒާމު އިސްލާހު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
20 ޖެނުއަރީ 2024
ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގެ ނިޒާމު އިސްލާހު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
އެ ކުއްޖާ ނިޔާވީ މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހޯދައި އެފަދަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަކަށް ކަން ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
"މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފައިވަނީ ރައީސް އަންގަވައިގެން ކަމަށެވެ.
މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު މި ސަރުކާރު އައި ފަހުން ބޭނުން ނުކުރާ މައްސަލައާ ގުޅިގެންނެވެ. ނަމަވެސް، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ ބަލި އެ ކުއްޖާ މާލެ ގެނައުން ލަސްވީ، މޯލްޑިވިއަން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ލ. ކައްދޫއަށް ދަތުރުކުރި ފްލައިޓެއް ޑައިވާޓް ކުރާ ގޮތް ހަދާފައިވަނިކޮށް އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ދަތުރު ނުކުރެވުމުން ކަމަށެވެ.
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
އަލަތު ފިރިހެން ދަރިފުޅާ އެކު އުމުރަށް ވަކިވީ!
"ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ބަދަލުތައް ގެނެސްގެން"
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ދެމައިން މަރުވި މައްސަލަ ހެލްތުން ބަލަން ފަށައިފި
ސަރަހައްދީ ތަރައްގީއާ އެކު މީހުން ހިޖުރަކުރާނެ: ރައީސް
ވިލިނގިލި އެއާޕޯޓް އަޅާނީ ބްރުޖް ހަލީފާ ހެދި ކުންފުނި
ވިލިނގިލީ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ