މަރާމާތުކޮށް، ދިގު މުއްދަތަކަށް ދެމިހުންނާނެހެން މަރާމާތުކޮށްފައިވާ ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
08 އެޕްރީލް 2019
މަރާމާތުކޮށް، ދިގު މުއްދަތަކަށް ދެމިހުންނާނެހެން މަރާމާތުކޮށްފައިވާ ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދާނީ ވާދަވެރި ބީލަމުގެ އުސޫލުން ކަމަށެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމައަށެވެ.
ބީލަންތައް ހުޅުވާނީ އަންނަ މަހުގެ 8 ގަ އެވެ.
އިއުލާނުގައިވާ ގޮތުން، ކަޅުވަކަރު މިސްކިތް ބަހައްޓަން ބީލަން ހުށަހަޅާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަންޖެހޭނެ އެވެ.
ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން ކުރިން ވަނީ ނިންމައިފަ އެވެ. އެގޮތުން ނިންމާފައި ވަނީ ކުރިން ދިރާގު ހިންގި ބިމުގައި މިސްކިތް ބަހައްޓާށެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ފަހު އެ މިސްކިތް ބޭނުންކުރާނީ ނަމާދު ގެއެއްގެ ގޮތުގައި ކަމަށެވެ.
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
ތަރިކަ ރައްކާތެރިކޮށްގެން މަންފާ ލިބޭނެ: ޔުމްނާ
މާލޭގެ ތަރިކަ އަށް ސަރުކާރުން އަޅައެއް ނުލާ: އީޔޫ
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާ އުފައްދަނީ
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް