ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އަންނަ އާދިއްޔަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.
24 ޖެނުއަރީ 2024
ހދ. ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އަންނަ އާދިއްޔަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.
އެކުންފުނިން ބުނީ އިންޑިއާގެ އެހީގައި ހިންގާ ޕްރޮޖެކްޓުގައި މިދިޔަ ނޮވެމްބަރު ހިސާބުގައި އާ ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށް ފަހު އެބައި ހުޅުވަނީ، މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.
ހަނިމާދޫގައި މިވަގުތު ބޭނުން ކުރަމުން އަންނަނީ 600 މީޓަރުގެ ރަންވޭއެކެވެ. އެ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓް ނިމޭ އިރު ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯ މީޓަރުގެ ރަންވޭ ހަދާނެ އެވެ.
އަލަށް ހަދާ ރަންވޭގެ ބައެއް ބޭނުން ކުރަން ފަށަން ނިންމީ، އެއާޕޯޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
- ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ
- އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން އަކާއި ކާގޯ ބިލްޑިން އާއި ޕެސެންޖާ ޓާމިނަލް ވެސް ހަދާނެ އެވެ.
ހަނިމާދޫ އެއާޕޯޓް މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފަށައިފި
ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ!
ހަނިމާދޫ އެއާޕޯޓް ތަރައްގީއެއް ނެތި އެގޮތަށް!
ހަނިމާދޫ އާއި ގަމުން 10ޕަސެންޓުގެ ކުރިއެރުމެއް ހޯދޭނެ
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"