ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
29 ޖެނުއަރީ 2024
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދަމުން އަންނަނީ 2.460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވާ 1،200 މީޓަރެވެ.
ރަންވޭގެ ނިމުނު ބައި ބޭނުން ކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން އެ ތަނަށް ޖެއްސި ފުރަތަމަ ފްލައިޓުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދު އަށް ވަޑައިގަތެވެ.
ރަންވޭގެ ބޭނުން ކުރަން ފެށި ބައި. -- ފޮޓޯ: އާރްއޭސީއެލް
އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުބީން ވިދާޅުވީ ރަންވޭގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ މާޗު މަސް ނިމުމުގެ ކުރިން އެއްކޮށް ނިމޭނެ ކަމަށެވެ. އެއީ ރޭގަނޑުގެ އުދުހުންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް އަދި އަހަރަކު 1.3 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލަކާ އެކު ތަރައްގީ ކުރަމުންދާ ތަނެއްކަން ވެސް ފާހަގަކުރެއްވި އެވެ.
އެއާބަސް އޭ320 އާއި ބޮއިންގް 727 ފަދަ ބޮޑެތި ބޯޓުތަކަށް ޖެއްސޭ ގޮތަށް ހަދަމުން އަންނަ އާ ރަންވޭ އެއްކޮށް ނިމުމުން މިހާރު މެދުކަނޑާލާފައިވާ އިންޑިއާ ދަތުރުތައް އަލުން ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމޭއިރު ފިއުލް ރައްކާކުރެވޭނެ އިންތިޒާމް ވެސް ހުންނާނެ އެވެ.
ހަނިމާދޫގެ އާ ރަންވޭ އާދިއްތަދުވަހު ބޭނުންކުރަން ފަށަނީ
ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ!
ހަނިމާދޫ އެއާޕޯޓުން ބޭރުގެ ދަތުރުތައް އަލުން ފަށައިފި
ހަނިމާދޫގެ އާ ރަންވޭ އިތުރަށް ދިގު ކުރަނީ
ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި
ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ބަންދަށް
ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލަނީ
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ