އދ. ގެ ޓޫރިޒަމް ޖަމިއްޔާ ކަމަށްވާ ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ އެޑްވައިޒަކަރަށް ރާއްޖޭގެ ވިޔަފާރިވެރިޔާ އަދި ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސާދީ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފި އެވެ.
24 ޖެނުއަރީ 2024
އދ. ގެ ޓޫރިޒަމް ޖަމިއްޔާ ކަމަށްވާ ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ އެޑްވައިޒަކަރަށް ރާއްޖޭގެ ވިޔަފާރިވެރިޔާ އަދި ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސާދީ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފި އެވެ.
ނަޖާހު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ ޔޫއެން ޓޫރިޒަމް ސްޕެޝަލް އެޑްވައިޒަރުކަން ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެފަދަ މަގާމެއް ލިބުމުން އޭނާ ވަނީ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މިއީ ދިވެއްސަކަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމަށާއި ރާއްޖޭގެ ޓޫރިޒަމަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް އެ މަގާމުގައި ހުރެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖަނާއަށް އެ މަގާމު ލިބުނުކަން އިއުލާނުކޮށްފައިވަނީ މިހާރު ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއާގަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވާ މި ފެއާ މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޖަނާއަށް ޔޫއެންޑަބްލިއުޓީއޯގެ އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގަތްއިރު އޭނާއަށް މި ސަރުކާރުން ވެސް އޮތީ މިނިސްޓަރު ފެންވަރުގެ މަގާމެއް އަރުވައިފަ އެވެ. އެގޮތުން ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމު އޭނާ ގެންދަވަނީ ފުރުއްވަމުންނެވެ.
"ޓޫރިޒަމް އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހަދާނަން"
މިދިޔަ މަހު ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓު އިތުރު
ދެ މިލިއަން ވަނަ ޓޫރިސްޓަކީ ހަނީމޫނަށް އައި ބެތަނީ!
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ޓޫރިސްޓުން އިތުރުވިޔަސް ޓާގެޓް ހާސިލް ނުވެދާނެ
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
"ދަ ވިޗާ"ގެ ޕްރިމިއާގެ ކުރިން ލިއަމް ރާއްޖޭގައި
"ކްރެޑިޓް ރޭޓިން ދަށްވީމަ ބޭރުން ފައިސާ ހޯދަން ދަތި"
"ޓޫރިޒަމްގައި ރިސޯޓު މެނޭޖަރުންގެ ދައުރު ބޮޑު"