Roadha Mihaaru
ކަނޑުފޭރޭ މީހުން ލަންކާގެ މަސްބޯޓެއް އަތުލައިގެންފި

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ލަންކާގެ މަސްބޯޓެއް އަތުލައިގެންފި

28 ޖެނުއަރީ 2024

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ސްރީ ލަންކާގެ މަސްބޯޓެއް ހަ ފަޅުވެރިންނާ އެކު އަތުލައިގެންފި އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ސްރީ ލަންކާގެ މަސްބޯޓެއް ހަ ފަޅުވެރިންނާ އެކު އަތުލައިގެންފި އެވެ.

ސްރީ ލަންކާގެ ފިޝަރީޒް ޑިޕާޓްމަންޓާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަސްބޯޓު އަތުލައިގެންފައިވަނީ އަރަބި ކަނޑުންނެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ފޭރޭ މީހުންގެ އަތްދަށުވި ބޯޓަކީ މި މަހުގެ 12 ވަނަ ދުވަހު ޗިލޯ ޑިކޯވިޓާ ފިޝަރީޒް ހާބަރުން ފުރި ބޯޓެކެވެ.

މި ހާދިސާއާ ބެހޭ ތަފްސީލުތައް އަދި ނޭނގުނަސް، ލަންކާގެ ބޯޓާއި ފަޅުވެރިން ތިބީ ފޭރޭ މީހުންގެ އަތްދަށުގައިކަން ފިޝަރީޒް ޑިޕާޓްމަންޓުގެ އިތުރުން ކަނޑުގެ ސިފައިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ލޮރެންޒޯ ޕުތާ 4" ބޯޓު ފޭރިގަތީ ލަންކާގެ ކަނޑުގެ ސަރަހައްދާ 1.160 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ހާދިސާ ހިނގާފައި ވާއިރު ރަތް ކަނޑުގައި ޔަމަންގެ ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތަކާ ހެދި އެކަން ހުއްޓުވަން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ލަޝްކަރުގައި ލަންކާގެ ކަނޑުގެ ސިފައިން ބައިވެރިވާން ނިންމައި އެކަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އަރަބި ކަނޑުގައި ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވާން ފަށާފައި ވާތީ އިންޑިއާގެ ކަނޑުގެ ސިފައިން އެކަމަށް ސަމާލުވެ ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށައިފަ އެވެ.