މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިއްކަމުން އަންނަ ގިރާވަރު ފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު މަހު ހަލާސްކުރަން ޖެހޭ ބިލަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.
29 ޖެނުއަރީ 2024
މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިއްކަމުން އަންނަ ގިރާވަރު ފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު މަހު ހަލާސްކުރަން ޖެހޭ ބިލަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ދޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
"ހަގީގަތުގައި ވަރަށް އަގުބޮޑު، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.
ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓާ އަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތަލިބް ވިދާޅުވި އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ
ނަމަވެސް، އެއީ ކިހާވަރެއްގެ ބިލެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މަސައްކަތް ކުރަމުން މި ގެންދަނީ އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާ އަށް ވާތީވެ، އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައި ދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދެވޭތޯ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ހަމަ ގުޅިފަޅާ އެއްގޮތަށް އެ ތަނުގެ ސާވިސްތަކާ އެއްޗެހި ގާއިމްކުރުން،" އޭނާ ވިދާޅުވި އެވެ.
"ގިރާވަރުފަޅުގެ މަގުތައް ހެދުމަށާއި އަސާސީ ހިދުމަތްތައް ގާއިމްކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެސް އެބަހުރި. އެކަމުގެ އެއްބަސްވުންތައް ވެސް ވަރަށް އަވަހަށް ހެދޭނެ."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިމެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ. އެއީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ
ސަރުކާރުތަކަށް ސިޔާސީ މަންފާ، ރައްޔިތުންނަށް ވެލި!
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން