ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ހުރަސް އަޅައިފި ނަމަ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ވެސް ރުހުން ނުދޭން އެމްޑީޕީ އިން ނިންމައިފި އެވެ.
29 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ހުރަސް އަޅައިފި ނަމަ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ވެސް ރުހުން ނުދޭން އެމްޑީޕީ އިން ނިންމައިފި އެވެ.
އެމްޑީޕީގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައިފައި ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ނިސްބަތްވާ މެންބަރުން މަސައްކަތްކޮށްފި ނަމަ ރުހުން ނުދޭ މިނިސްޓަރުންގެ އަދަދު ހަޔަކަށް އިތުރުކުރާށެވެ.
އެމްޑީޕީން ޕީޖީ ގުރޫޕުން އިއްޔެ ނިންމާފައިވަނީ ބަންޑާރަ ނައިބު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ. ނަމަވެސް، އެކަމަށް ވޯޓަށް އަހަން ބޭއްވި ޖަލްސާއަށް ސަރުކާރު މެންބަރުން ހުރަސް އެޅުމުން ކުރިއަށް ނުގެންދެވުނެވެ. ރޭ ވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަސައްކަތް ކުރެއްވި ނަމަވެސް، މަޖިލީހުގައި އެ މާހައުލު ނެތުމުން ޖަލްސާ ހުއްޓާލެއްވީ އެވެ. މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މެންދުރުފަހު 1:00 އަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.
ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅުގެ ސިޓީއެއް
މުއްދަތު ފަހަނައަޅައި ދިޔައިރު ދެ ވަޒީރުން ހާޒިރުނުކުރި
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
މިނިސްޓަރު އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
މަޖިލީހުން ބުނީ ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ ކަމަށް
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް