ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
14 ޖެނުއަރީ 2025
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ މީކާއިލް ހުށަހެޅުއްވީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް އީސީ އަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމުތަކުގައި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކުރައްވާފައި ވާތީ އެވެ.
އެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ފަރާތުން މައުލޫމާތު ސާފުކުރުމަށް މީކާއިލް ހުށަހެޅުއްވީ މީހުންގެ ޝަހުސު އޮޅުވާލައިގެން ޕީއެންސީ އަށް މެމްބަރުންގެ ފޯމު ފުރާފައިވާކަން ހާމަވާއިރު، މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް އަޅާނީ ކޮން ފިޔަވަޅެއްތޯ އާއި ސައްހަ ނޫން ފޯމުތަކުގައި ސޮއިކޮށްފައިވާ އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކުރުމަށެވެ.
މީކާއިލް އެގޮތަށް ހުށަހެޅުއްވިއިރު 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންތަކެއް އިހުސާން އިސްވެ ހުންނަވައިގެން ޕީއެންސީ އަށް ވައްދަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.
ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އީސީއަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާތީ، އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފާވޭތޯ ސުވާލުކޮށްފިން. pic.twitter.com/SnatbPQd4W
— Meekail Naseem (@MickailNaseem) January 14, 2025
ސައްހަ ނޫން ފޯމުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް އެމްޑީޕީން ވަނީ ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފަ އެވެ.
އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލާގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. މި ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރި އެވެ. އެންމެ ފަހުން އީސީން ފޯމު ބާތިލުކުރީ އެވެ.
އެ މައްސަލައަށް ފަހު އަނެއްކާ ވެސް ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕީއެންސީން ބުނެފައި ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ބުނެފަ އެވެ.
އެ މައްސަލަ އީސީ އާއި ފުލުހުން ވެސް ބަލަމުން އަންނައިރު ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުންޏެެވެ.
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
އިހްސާން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅަނީ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
އެއް ކަމެއް، އެކަމަކު އެމްޑީޕީ ބޭނުންވުމުން ފާސްކޮށްފި
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ގުޅި: އާދަމް ޝަރީފް
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ