14 ފެބުރުއަރީ 2017
އެސްޓީއޯގެ އަމާޒަކީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި އެކަށީގެންވާ މިންވަރެއްގެ ފައިދާއެއް ނެރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ އަމާޒަކީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި އެކަށީގެންވާ މިންވަރެއްގެ ފައިދާއެއް ނެރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ވިޔަފާރިތައް ކަމަށްވާ ތެލާއި ކާޑާއި ބޭހުގެ އަގުން ބޮޑު ފައިދާއެއް ހޯދަން އުޅެނި ނަމަ އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.
"ހަމަ ހިއްސާދާރުންނަށް އޭގެ ގެއްލުން ވާނީ. ޕްރޮފިޓް ހޯދަން ޖެހެނީ ހިއްސާދާރުންގެ އަތުން. އަޅުގަނޑުމެން އެކަން އެގޮތަށް ކުރަންވީތޯ؟ ނޫން. އަޅުގަނޑުމެން ނުކުރާނަން،" އެސްޓީއޯ އިން ކުރާ މުހިންމު ވިޔަފާރިތައް ގުޅެނީ އާންމު ރައްޔިތުންނާ ކަމަށް އިޝާރަތްކުރައްވަމުން، އޭނާ ވިދާޅުވި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 53.1 މިލިއަން ރުފިޔާ އެވެ. މިދިޔަ 2015 ވަނަ އަހަރުގެ އެ ކުއާޓަރުގައި 134 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. މިދިޔަ އަހަރު އެސްޓީއޯގެ ސާފު ފައިދާ އަކީ 301.4 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 85 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ އަހަރު މާލީ ހިސާބުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ ކުންފުނީގެ ފައިދާ ދަށްވާނެ ކަމަށް ކުރިން ބުނެފައިވާނެ ކަމަށެވެ. އަދި އެކަމާ އެއްގޮތަކަށް ވެސް ހައިރާންވެވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް. އޭޕްރިލް މަހުން ފެށިގެން ފައިދާ ދަށްވާން ފެށީ. އެ ދުވަސްވަރު ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ބަދަލުތަކެއް އައި. އެ ބަދަލު އައިމަ ވާ ގޮތަކީ ތެލުގެ އަގާ ވަރަށް ބޮޑަށް ގުޅިފައި މިހިރީ،" ޝަހީރު ވިދާޅުވި އެވެ.
"އެހެންވެ އެސްޓީއޯއިން ވަރަށް ބޮޑަށް ބެލިން އާއްމު ރައްޔިތުންނަށް އަގުތައް އެކަށީގެންވާ ހެޔޮ އަގެއްގައި [ބަހައްޓަން]."
އޭނާ ވިދާޅުވީ އެސްޓީއޯއިން ވިއްކާ މުދަލުގެ އަގުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އަދި އެވަގުތު ތެލުގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ މާކެޓްގައި ހުރި އަގަށް ބަލައިގެނެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިޔަފާރީގެ 70 ޕަސެންޓަކީ ތެޔޮ. އެހެންވީމަ އެއީ މި އައި ބަދަލަކީ [ފައިދާ ދަށްވީ]. ސަރުކާރުގެ ވިސްނުން އަބަދުވެސް ހުންނަނީ ޕަބްލިކް ކުންފުނިތަކުން ޕްރޮފިޓް މެކްސިމައިޒްކުރުމެއް ނޫނޭ،" އެސްޓީއޯގައި މިހާރު ހުންނެވި އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އެއް ހިންގުންތެރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެހޭނީ ރީޒަނަބްލް ޕްރޮފިޓެއް ހޯދަން. އެސްޓީއޯގެ 50 ވަނަ އަހަރީ ޖަލްސާގައި ރައީސް ޔާމީން ވަރަށް ސާފުކޮށް ވިދާޅުވި އެސްޓީއޯއިން ހޯދަން ވާނީ ރީޒަބަލް ޕްރިފިޓެއް ކަމަށް،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކުމުގެ ކުރިން އެސްޓީއޯ އިން ނެރުނު ފައިދާ ވަރަށް ކުޑަ ކަމަށެވެ. އެހެންވީ އެހާ ބޮޑު ފައިދާއެއް ހޯދަން އޭރު އިސްކަން ނުދޭތީ ކަން ޝަހީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ޕާސްކޮށްލާ އަގު އަންނާނެ ކަރަންޓު ބިލަށް. އަޅުގަނޑުމެންނަށް ނޯވޭ އިންޓަނޭޝަނަލް މާކެޓްގައި ތެލުގެ އަގަށް އަންނަ ބަދަލު ވަގުތުން ގެނެވޭކަށް. އަޅުގަނޑުމެން ޖެހެނީ ރީޒަނަބްލް މިންވަރެއްގައި ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.
ބަދަލާއެކު މުދަލުގެ އަގު ބޮޑެއް ނުވާނެ: އެސްޓީއޯ
އެސްޓީއޯއަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދެނީ
ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ: އެސްޓީއޯ
އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ
ތެޔޮ ރައްކާކުރާނެ ތަނެއް އުތުރާއި ދެކުނުގައި ހަދަނީ
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ތެޔޮ ބަންކަރިންގެ ހިދުމަތް މި އަހަރު ފަށާނެ: އެސްޓީއޯ