04 އެޕްރީލް 2018
ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކޮށްފައިވީ ނަމަވެސް އެސްޓީއޯ އިން ވިއްކާ އެއްވެސް މުދަލެއްގެ އަގުބޮޑު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކޮށްފައިވީ ނަމަވެސް އެސްޓީއޯ އިން ވިއްކާ އެއްވެސް މުދަލެއްގެ އަގުބޮޑު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގެ ދަށުން، މުދާ އުފުލޭނީ ރޭގަނޑު ކަމަށް ހަމަޖެއްސުމުން ބައެއް ވިޔަފާރިވެރިން ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ ބަދަލުން ޚަރަދުތައް ބޮޑުވެ މުދަލުގެ ވެސް އަގު ބޮޑުވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.
އެކަމަކު، އެސްޓީއޯ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވަނީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އެއީ، ދުވާލު ސަރުކާރުން ނިންމި ވަރަށް ރަނގަޅު، އާންމުންނަށް ލުއި ފަސޭހަވެގެންދާނެ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ އެ ބަދަލުން، މާލެ އަމާންވެ، ވަރަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މި އުސޫލަށް އަމަލު ކުރުމުގެ ކުރިން، މާލޭގައި ދަތުރުފަތުރު ކުރުމަކީ ދަތި ހާލުގައި ކުރަމުން އައި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯ އިން ވިއްކާ އެއްވެސް މުދަލަކަށް މިކަމާ ގުޅިގެން އަގަށް އެއްވެސް ބަދަލެއް ނާންނާނެ. ހުރި އަގުތަކުގައި އަޅުގަނޑުމެންގެ މުދާ ހުންނާނީ،" ޝަހީރު ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޓީއޯ އިން މުދާ ދޫކުރެ އެވެ. މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކުރުމަށް ޝަހީރު ވަނީ ވިޔަފާރިވެރިންނަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ގެނައި ބަދަލާ ގުޅިގެން މުސްތަގުބަލުގައި މުދަލުގެ އަގަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވަ އެވެ.
ޝަހީރު ވިދާޅުވީ މަޖޫރީންގެ އަގުތައް ރަނގަޅު ނަމަ، އެސްޓީއޯ އިން އަމިއްލައަށް މުދާ ކްލިއާ ކުރުމުގެ ބަދަލުގައި މަޖޫރީންގެ އެހީގައި މުދާ ކްލިއާ ކުރުމުގެ ފުރުސަތު ދޭން އެ ކުންފުނިން ތައްޔާރު ކަމަށެވެ.
ދުވާލުގެ ވަގުތުގައި މުދާ އުފުލުން މަނާކުރުމުން ވިޔަފާރިތަކަށް އަސަރު ކުރި ކަމުގައި ވިޔަސް، އޮފީސް ގަޑިތަކުގަ އާއި ސްކޫލް ގަޑިތަކުގައި މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ އަށް މިހާރު ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފަ އެވެ. އެކަމަކު، ސަރުކާރުން އަންނަނީ ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން، އެމީހުންނަށް ދިމާވާ ދަތިތަކާއި އުނދަގޫތައް އޮޅުން ފިލުވައި ހައްލު ހޯދައިދޭން މަސައްކަތް ކުރަމުންނެވެ.
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް
އަލުން ރެޖިސްޓަރީ ނުކުރި މަޖޫރީންގެ ހުއްދަ ބާތިލްވެއްޖެ
ވަގުތުކޮޅު ކުޑަކަމުގެ ޝަކުވާ ވިޔަފާރިވެރިންކުރަނީ
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ
ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި