Roadha Mihaaru
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"

ބަންކަރިން އަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި: ސައީދު

19 ސެޕްޓެމްބަރ 2024

އިހަވަންދިއްޕޮޅު އޮންނަ ސަރަހައްދުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ހއ. ހޯރަފުށިން ފާތިމަތު ޝަނާ މުހައްމަދު

އިހަވަންދިއްޕޮޅު އޮންނަ ސަރަހައްދުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މުޅިން އަލަށް ފެށި އެ ހިދުމަތް ތައާރަފް ކުރުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރާއްޖެ އިން ދައްކަނީ ސިންގަޕޫރު ނުވަތަ ސްރީ ލަންކާގެ ބަންކަރިންގެ ހިދުމަތާ ވާދަކުރާ ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން އިސްކަންދެނީ އެ ވިޔަފާރި ފަށައިގެން ފުޅާކުރަން ކަމަށެވެ. އެހެންވެ، ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށައިގަނެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރަށް ނިސްބަތްވާ ސައީދު ވިދާޅުވީ، ވިޓޯލްއާ އެކު އެސްޓީއޯ އިން "ޕްރޮފިޓް ޝެއަރިން މޮޑެލްއެއް" ގެ ދަށުން ވިޔަފާރި ކުރާއިރު، އެ ވިޔަފާރީގައި ބޭނުން ހިސާބަކަށް ދިއުމުގެ ފުރުސަތު އެސްޓީއޯ އަށް އެބައޮތް ކަމަށެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު (ކ) އަދި އިކޮނޮމިކް މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ އުތުރުން ދަތުރުކުރާ 300 އެއްހާ ބޯޓުގެ އެއް ޕަސެންޓު ހޯދޭނީ ބަންކަރިންގެ ވިޔަފާރި ފަށައިގެންނެވެ. އެންމެ ހަރަދު ކުޑަ ގޮތަކީ، ވިޓޯލް ފަދަ ކުންފުންޏަކާ އެކު އެކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އުފާވެރި ޚަބަރަކީ ރާއްޖޭގައި ވިޓޯލް އިން ހަ މަސް ދުވަހު ކުރި މަސައްކަތުގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ވެސް ބައްދަލުވުމެއް ބޭއްވުނު. އެހާ އަވަހަށް ރާއްޖޭގައި އެ ވިޔަފާރި ފެށުމުން އެ ބޭފުޅުން ވަނީ ރާއްޖޭގައި އިތުރު އިންވެސްޓްމެންޓްތައް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ބަންކަރިން ހިދުމަތް ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންކަރިން ހިދުމަތް ފެށުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ތަސައްވުރަކީ ބަނދަރެއް ހަދައި ކޮންޓެއިނާތައް ބެހެއްޓޭނެ ޖާގަ ހަދައި އަންނަ ބޯޓުތަކަށް ރާއްޖޭގެ ރީތިކަމުގެ ފައިދާ ހޯދައި ދިނުން ކަމަށެވެ.

"މި ޓްރެފިކްގައި އެސްޓީއޯ ޓާގެޓް ކުރަނީ އެންމެ ފަސެންޓަކަށް ވިޔަސް، އެއީ އަޅުގަނޑުމެންނަށް އޮން ޕޯޓު ފެސިލިޓީއެއް ހަދަން ހެޔޮވަރު އަދަދެކޭ. އެހެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހއ. ގައި ބަންކަރިން ހިދުމަތް ނުފެށި އެހާ ބޮޑަށް ދިގުލައިގެން ދިޔައީ އެކަން ކުރުމުގެ ހިތްވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނެތުމުން ކަމަށެވެ. އެކަމަކު، މި ސަރުކާރުގެ އެކަން ކުރުމުގެ ހިތްވަރާއި އަޒުމު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް މިއަދު ފެށި އިރު އެކަން ކުރަނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމަ އަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.