ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުގެ ޓިކެޓް 15 ވޯޓާ އެކު މުހައްމަދު ސައިފް ފާތިހު (އައިކޮ) ކަށަވަރުކުރައްވައިފި އެވެ.
03 ފެބުރުއަރީ 2024
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުގެ ޓިކެޓް 15 ވޯޓާ އެކު މުހައްމަދު ސައިފް ފާތިހު (އައިކޮ) ކަށަވަރުކުރައްވައިފި އެވެ.
މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އައިކޮ އާއެކު އެ ދާއިރާއަށް ދެން ކުރިމަތިލާފައި ވަނީ އަހުމަދު އަސްވަން ނުއުމާނެވެ. އޭނާއަށް ލިބުނީ 12 ވޯޓެވެ.
އެ ދާއިރާގެ ޓިކެޓް 15 ވޯޓާ އެކު އައިކޮ ކަށަވަރުކުރިއިރު، އޭނާ ވަނީ މިފަހުން ބޭއްވި މާލޭ ސިޓީގެ ކައުންސިލުގެ މޭޔަރު ކަމަށް ވެސް އެ ޕާޓީން ވާދަކުރައްވައިފަ އެވެ. އެކަމަކު އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.
ޑިމޮކްރެޓްސް އިން މަޖިލިސް އިންތިހާބުގައި 41 ދާއިރާއަށް ކުރިމަތިލަ އެވެ. ގިނަ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި ގިނަ މެމްބަރުން ޓިކެޓް ކަށަވަރުކުރިއިރު އެ ޕާޓީގެ ޕްރައިމަރީ ބޭއްވީ ހަތަރު ދާއިރާއެއްގެ އެވެ.
އަންނަ މާޗުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ އެ ޕާޓީގެ ޕްރައިމަރީގައި ހުޅުމާލޭ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ 74 ވޯޓާ އެކު މިހާރުގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. އެ ދާއިރާއަށް ކުރިމަތިލި ހަސަން އަގީލަށް 27 ވޯޓު އަދި މުހައްމަދު ފައިސަލަށް ލިބުނީ 26 ވޯޓެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނު މެމްބަރުންގެ ތެރޭގައި މިހާރު ވެސް މެދު ހެންވޭރު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހިމެނެ އެވެ.
އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ހުސެއިން އަމްރަށް ވެސް މައްޗަށް ގޮޅި އުތުރު ދާއިރާގެ ޓިކެޓް ވަނީ ކަށަވަރުވެފަ އެވެ.
މަޖިލީހުން ބޭރުކުރި ޑިމޮކްރެޓްސްއަށް ބަނަ ކުރިމަގެއް؟
ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އަނެއްކާ ފާސްކޮށްފި
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ޕީއެންސީ އަށް އެކަނިވެސް މިހާރު ސުޕަމެޖޯރިޓީ
އަމިއްލަ ގޮތުން ހޮވުނު ޕާޓީ މެންބަރުންނާމެދު ސުވާލު
އާ މެމްބަރުން ހުވާ ކުރުން މޭ 28 ގައި!
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"