މޯލްޑިވިއަންގެ ސީޕްލޭން ކުރޫއިންނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަވަގުރާނަ ގޮވި މައްސަލަ އައިލެންޑް އޭވިއޭޝަނުން ޕޮލިހަށް ހުށަހަޅައިފި އެވެ.
08 ފެބުރުއަރީ 2024
މޯލްޑިވިއަންގެ ސީޕްލޭން ކުރޫއިންނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަވަގުރާނަ ގޮވި މައްސަލަ އައިލެންޑް އޭވިއޭޝަނުން ޕޮލިހަށް ހުށަހަޅައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ރިސޯޓެއްގައި ޖައްސާފައި އޮތް ސީޕްލޭނަކަށް އަރަން ގޮސް ހުރެ، ވަރަށް ހަޑި ހުތުރު ބަހުން ސީޕްލޭންގެ ކުރޫއިންނަށް ޖާބިރު އަވަގުރާނަ ގޮވަމުންދިޔަ މަންޒަރެވެ.
ގާތްގަނޑަކަށް ތިން މިނެޓްގެ އެ ވީޑިއޯގައި އޭނާ ހުއްޓާ ނުލައި، ބޭ އަދަބީ ބަސްތައް ގޮވަމުން ދިޔައިރު ވެސް ކުރޫއިން ރައްދެއް ނުދެ އެވެ.
އެ ވީޑިއޯގައި، ކްރޫއަކާ ދިމާލަށް ގޮސް އެ ކްރޫގެ ގަޔަށް ކުޅު ޖަހާނެ ކަމަށް ޖާބިރު ވިދާޅުވާ އަޑު ވެސް އިވެ އެވެ.
އެ ވީޑީއޯ އާންމުވުމުގެ ކުރިން ވެސް ޖާބިރުގެ ހުތުރު އެކި ވާހަކަތަކާއި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ކެމްޕޭނުގައި އުޅުއްވަމުން ވެސް ޖާބިރު ރަށެއްގެ ބަޔަކާ މިގޮތަށް ހުތުރު ބަހުން ޒުވާބުކުރި މައްސަލައެއްގައި މިދިޔަ ހޯމަ އެމްޑީޕީން ވަނީ ޕްރައިމަރީގައި ޖާބިރަށް ކާމިޔާބުވި ޓިކެޓް އަތުލައި ޕާޓީން ވެސް ވަކިކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެތަނުގެ މުވައްޒަފުންނަށް ހުތުރު ބަހުން ފުރައްސާރަކުރި މައްސަލަ ފުުލުހުންނަށް ހުށަހަޅާފައި ވާއިރު މޯލްޑިވިއަން އިން ވެސް ޖާބިރާ މެދު އަމަލުކުރާނެ ގޮތެއް ތަހުގީގަށް ފަހު ނިންމާނެ ކަމަށެވެ.
މޯލްޑިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އިއްޔެގެ މި ހާދިސާއާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައް ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ހާދިސާތައް ހިނގުމުން ދެން ކަންކުރަންވާނެ ގޮތުގެ ގަވާއިދުތަކާއި އުސޫލުތަކެއް ސިވިލް އޭވިއޭޝަނުގައި ވެސް އޮންނަ ކަމަށާއި އެ ހާދިސާގެ ހުރިހާ މައުލޫމާތެއް ހޯދައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް ހަތަރު އަހަރު
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޔޫރަޕް މަތިންދާބޯޓު ސާވިސްކުރުމުގެ ހުއްދަ އައިއޭއެސްއަށް
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ