ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަން އިން ހިންގާ މޯލްޑިވިއަންގެ ސީޕްލޭން ހިންގުމަށް އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
02 އޮކްޓޯބަރ 2024
ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަން އިން ހިންގާ މޯލްޑިވިއަންގެ ސީޕްލޭން ހިންގުމަށް އެމްއޭސީއެލްއާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެންނަން ކެބިނެޓުން ނިންމީ މޯލްޑިވިއަންގެ ސީޕްލޭން ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ކަމަށެވެ.
އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް ހެދި ނަމަވެސް، އެ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުންފުންޏެއް އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދާނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެންނެވެ.
އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދަމުން އަންނަ ކުންފުންޏެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 1.1 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
އެކަމަކު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް ވަނީ 23 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. އެ ކުންފުންޏަށް ގެއްލުމަކާ ކުރިމަތިވީ، ހިންގުމުގެ ހަދަރު ބޮޑުވެ، ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވުމުންނެވެ.
ސީޕްލޭންގެ ދަތުރުތައް ކުރަން މޯލްޑިވިއަން އިން 11 ސީޕްލޭން ގެންގުޅެ އެވެ.
ސީޕްލޭން ކްރޫއިންނަށް އަވަގުރާނަ ގޮވުމުން ޕޮލިހަށް
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް ހަތަރު އަހަރު
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޔޫރަޕް މަތިންދާބޯޓު ސާވިސްކުރުމުގެ ހުއްދަ އައިއޭއެސްއަށް
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ