08 ފެބުރުއަރީ 2024
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއް މުވައްޒަފުންނާ މެދު ކުރީގެ ސަރުކާރުގެ ދުވަސްވަރު އަމަލުކުރި ގޮތުން ގެއްލުމުގެ ބަދަލާއި ޕެންޝަން ފައިސާގެ ގޮތުގައި 13 މިލިއަން ރުފިޔާ 8 މުވައްޒަފަކަށް ދީފައިވާ ކަން ހާމަވެއްޖެ އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއް މުވައްޒަފުންނާ މެދު ކުރީގެ ސަރުކާރުގެ ދުވަސްވަރު އަމަލުކުރި ގޮތުން ގެއްލުމުގެ ބަދަލާއި ޕެންޝަން ފައިސާގެ ގޮތުގައި 13 މިލިއަން ރުފިޔާ 8 މުވައްޒަފަކަށް ދީފައިވާ ކަން ހާމަވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅޭ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ބަދަލު ދޭން ޖެހުނީ އުސޫލުން ބޭރުން ވަކިކުރި 8 މުވައްޒަފަކަށެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެ މުވައްޒަފުންތައް ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތައް އެ މުވައްޒަފުން އިހުމާލުވާ ކަމަށް ބުނެ ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެންނެވެ.
އެކަމަކު އެ މުވައްޒަފުން ވަކިކުރީ ސިވިލް ސާވިސް މުވައްފަޒުންގެ ގަވައިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހަމަތައް ފުރިހަމަ ނުކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، ހައި ކޯޓުން 2018 ވަނަ އަހަރު 8 މުވައްޒަފުންނަށް 1.2 މިލިއަން ރުފިޔާ ދޭން ހުކުމް ކުރި ކަމަށެވެ. އެއީ ހަ މަހާއި 24 ދުވަހުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާ އެވެ. އެ ފައިސާ އެ އަހަރު އެ އޮފީހުން މުވައްޒަފުންނަށް ދީފައި ވެ އެވެ.
އެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން ބެލި އެ މައްސަލަ ނިންމީ 2020 ވަނަ އަހަރު އެވެ. އެ މައްސަލައިގައިވާ ގޮތުން ވަޒީފާ އިން ވަކިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އަސާސްތަކަށް ބަލާފައިނުވާތީ، މޭ 2015 އިން ފެށިގެން ނޮވެމްބަރު 2015 އަށް ވާ ޕެންޝަން ފައިސާ އާއި މޭ/ ނޮވެމްބަރު 2015 އިން ފެށިގެން ނޮވެމްބަރު 2020 ވަނަ އަހަރާ ހަމައަށް ބަދަލުގެ ގޮތުގައި 8 މުވައްޒަފުންނަށް ވަނީ 11.3 މިލިއަން ދީފަ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ ވަޒީފާއާ ބެހޭ އެއްބަސްވުންތަކުގައި ދިމާވާ ހާލަތުތަކުގައި މުވައްޒަފުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅާފައި ނުވާތީ، މިއީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އެ އޮފީހުން ބުނިގޮތުގައި، މިފަދަ މައްސަލަތަކުގައި އިޖުރާއަތްތައް ފުރިހަމަ ނުކޮށް، މުވައްޒަފުން ވަޒީފާ އިން ވަކިކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން
އޮޑިޓުގައި ލަފާކުރާ އަދަދު އަށް ގުނަ ބޮޑު:ޓީއެމްއޭ
އެއާޕޯޓްގެ ރައްކާތެރިކަމާ ގުޅޭ ކަންތައް އިތުރުކުރަނީ
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި