Roadha Mihaaru
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން

އެމްއޭސީއެލްގެ ކޮމިޓްމެންޓެއް ނެތް، ސަރުކާރުގެ ހުށަހެޅުން ރަނގަޅު: އޮޑިޓާ ޖެނެރަލް

12 ފެބުރުއަރީ 2020

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާލިޔައްތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަސަން އެހެން ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް، މިހާރު ވެސް ބިން ދޫކޮށްފައިވާ އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށް އެ ކޮމިޓީގައި ޓީއެމްއޭގެ އިސް ވެރިން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކުރި މަޝްވަރާތަކުގައި އެއްބަސްވެފައި އޮތީ، އާ ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ ދޭން ކަމަށެވެ. އެކަމަކު، ސަރުކާރުން ނިންމާފައި އޮތީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ ދިނުމަށެވެ. އެއީ ތިރީ ބަޔާ އެކު ހަތަރު ބުރިއަށް ހަދާފައި ހުރި އިމާރާތުގެ އެއް ބުރި އެއްކޮށެވެ.

މި މައްސަލައިގައި އޮޑިޓަ ޖެނެރަލް ހަސަން މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ ބައެއް، ޓީއެމްއޭ އަށް ދެ އަހަރު ދުވަހަށް ކުއްޔަކަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި، ސީޕްލޭން ޓާމިނަލްގެ ބައެއް ދެ އަހަރު ދުވަހަށް ޓީއެމްއޭ އަށް ދިނުމަކީ ސަރުކާރަށް ވެސް ވަރަށް އުނދަގޫ ނިންމުމެކެވެ. އަދި ވިދާޅުވީ މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ރޫޅައި ނުލެވި ލަސްވާތީ، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވާ ކަމަށާއި އެކަން ލަސްވުމުގެ ސަބަބުން އެމްއޭސީއެލް އަށް ވެސް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.

"އެހެންވީމާ ވަރަށް އަވަސް ނިންމުމެއް ނިންމަން އެބަ ޖެހޭ. އަނެއްކާ ވަރަށް މުހިއްމު ސްޓޭކްހޯލްޑާއެއް ހަގީގަތުގައި ޓީއެމްއޭ އަކީ. އެހެންވީމާ ޓީއެމްއޭ އަށް ވެސް އެކަހަލަ ގޮތަކަށް މަޝްވަރާ ކުރެވިފައި އޮތީތީވެ، ޓީއެމްއޭ އަށް ވެސް ވަކި އަދަދަކަށް ސްޕޭސް އެލޮކޭޓް ކުރުން ރަނގަޅު ކަމަށް އަޅުގަނޑު ވެސް ދެކެނީ،" އޭނާ ވިދާޅުވި އެވެ.

"ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަށްނޭނގޭ ޓީއެމްއޭގައި ނެތް އެެއްޗެއް ރިސޯޓުތަކަށް ވިއްކުމަކީ. އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޮޑިޓާ ޖެނެރަލް

ކޮމިޓީގައި ޓީއެމްއޭގެ ސީއީއޯ ފައުޒީ އިއްޔެ ވިދާޅުވެފައިވާ ގޮތުން، އާ ޓާމިނަލުން އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 19،000 އަކަމީޓަރު، 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް ކުއްޔަށް ދޭނެކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ކުރިން އޮތީ ދީފަ އެވެ. އެގޮތަށް ބަޔާންކޮށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް ތައްްޔާރުކޮށް ޓީއެމްއޭގެ ހިޔާލު ހޯދަން ވެސް އެމްްއޭސީއެލް އިން ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޓީއެމްއޭއާ އެކު، އެމްއޭސީއެލް އިން ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދައިފައެއް ނެތެވެ.

ހަސަން ވިދާޅުވި ގޮތުގައި، ކުރީގެ ޓާމިނަލް ރޫޅާ ނުލެވޭ ނަމަ މަހަކު ނުވަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ދީފަ އެވެ.

ޓީއެމްއޭއަށް ރައްދު ދެއްވި

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ޓީއެމްއޭގެ ވެރިން ބައިވެރިވަޑައިގަންނަވަނީ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ޓީއެމްއޭގެ ވެރިން ބައިވެރިވަޑައިގަންނަވަނީ

މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ޓީއެމްއޭގެ ވެރިން ވަޑައިގެން ދެެއްކެވި ވާހަކަތަކަށް ވެސް ހަސަން ރައްދު ދެއްވި އެވެ.

ޓީއެމްއޭއިން އިއްޔެ ބުނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.

ނަމަވެސް ހަސަން ވިދާޅުވީ އެފަދަ ޔަގީންކަމެއް އެމްއޭސީއެލް އިން ދީފައި ނުވާ ކަަމަށެވެ.

"ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަށްނޭނގޭ ޓީއެމްއޭގައި ނެތް އެެއްޗެއް ރިސޯޓުތަކަށް ވިއްކުމަކީ. އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ޓާމިނަލް ޓީއެމްއޭ އަށް ދޭން އެމްއޭސީއެލް އިން ނިންމާފައި ނުވާ ކަމަށާއި ކުރިއަަށް ގެންގޮސްފައި ވަނީ ހަމައެކަނި މަޝްވަރާތަކެއް ކަމަށެވެ.

އޮޑިޓާ ޖެނެރަލް އެގޮތަށް ވިދާޅުވުމުން، ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ސުވާލު ކުރެއްވީ ގާނޫނީ ގޮތުން، ކޮމިޓްމެންޓެއް ކަމަށް ބެލެވޭ ފަދަ އެއްވެސް މުއާމަލާތެއް ނެތްކަަމުގެ ޔަގީންކަން ދެއްވިދާނެތޯ އެވެ. އޭގެ ޖަވާބުގައި ހަސަން ވިދާޅުވީ އޭނާގެ ރައުޔު ބިނާކުރެއްވީ އެމްއޭސީއެލުން ދިން މައުލޫމާތަށް ކަމަށާއި ދެ ކުންފުނީގެ ދެމެދުގައި ހުށަހެޅުންތަކެއް ބަދަލު ކޮށްފައިވާ ކަމަށެވެ.

"އެމްއޭސީއެލުން ދީފައި ހުރި މައުލޫމާތުގެ އަލީގައި އިނގޭތޯ، އޮފާއެއް އޮތް. ކައުންޓާ އޮފާއެއް އޮތް. އަނެއްކާވެސް ހަމަ ކައުންޓާ އޮފާ މިކުރަނީ އިނގޭތޯ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ ގޮތުން އެެއީ ޔަގީންކަން ދިނުން ކަން ނުވަތަ ނޫންކަން ކަނޑަައަޅަން ހޯދަން ޖެހޭނީ ގާނޫނީ ލަފައެކެވެ.

ޓީއެމްއޭގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު ޕަރުވިންދަރު ސިންގް (ކ) ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ (މ) އަދި ޓީއެމްއޭގެ ކޮމްޕެނީ ސެކްރެޓަރީ އަހުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

ޓީއެމްއޭގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު ޕަރުވިންދަރު ސިންގް (ކ) ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ (މ) އަދި ޓީއެމްއޭގެ ކޮމްޕެނީ ސެކްރެޓަރީ އަހުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ:ނިޝާން އަލީ/މިހާރު

ޓީއެމްއޭ އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ކުންފުނިން އަމިއްލައަށް ހަދައި، މިހާތަނަށް ހިންގަމުން އަންނަ ޓާމިނަލަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަކުރީ އެމްއޭސީއެލް އިން ދިން ކޮމިޓްމެންޓަށް އިތުބާރު ކޮށްގެން ކަމަށެވެ.

ޓީއެމްއޭގެ ޓާމިނަލްއަށް އެވަރުގެ ހޭދައެއް ކޮށްފައި ވަނީ، އެތައް އަހަރެއް ކުރިން ފެށިގެންނެވެ. އަދި މިހާރު ޓީއެމްއޭ އާއި އެމްއޭސީއެލްއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ވެސް ހަދާފައެއް ނެތެވެ. އާ ޓާމިނަލްގެ މަސައްކަތް ފެށުމާ އެކު، ޓީއެމްއޭއާ އެކު ހަދަމުން އައީ، އެއް އަހަރު ދުވަހުގެ އެއްބަސްވުން ކަމަށްވެ އެވެ.