Roadha Mihaaru
ދަނޑުގައި ހިނގި މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރު

ގަލޮޅު ދަނޑުގައި ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

10 ފެބުރުއަރީ 2024

ގަލޮޅު ރަސްމީ ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިނގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިނގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން އިއްޔެ ހައްޔަރުކުރީ 21 އަހަރު ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، މި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރިކޯޑް އޮވެ އެވެ.

މިތަނުން 35 އަހަރުގެ މީހާ ދަނޑުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފުލުހުން ހުށަހެޅި ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އަދި އޭނާ ދަނޑުމައްޗަށް އެރީ އެފްއޭއެމްގެ ހުއްދަ ލިބިގެން ކަމަށް ދީފާއީ ވަކީލުން ބުނި ނަމަވެސް، އެގޮތަށް ވަކީލުން ބުނުން ފިޔަވާ އެކަން ސާބިތުކުރެވޭނެ ލިޔުމެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށް އެ އަމުރުގައިވެ އެވެ.

ވިކްޓަރީގެ އެނަޓޮލީ އަށް ސަޕޯޓަރުންތަކެއް ހަމަލާދޭއިރު ސޮބާ އާއި ޓީމުގެ އެހެން ބައެއް ކުޅުންތެރިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

ވިކްޓަރީގެ އެނަޓޮލީ އަށް ސަޕޯޓަރުންތަކެއް ހަމަލާދޭއިރު ސޮބާ އާއި ޓީމުގެ އެހެން ބައެއް ކުޅުންތެރިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

އޭނާ އެއްވެސް މީހެއްގެ ގައިގައި ޖަހައި މާރާމާރި ހިންގާފައި ނުވާނެ ކަމަށާއި އޭނާ އަކީ ޓީމްގެ އޮފިޝަލެއް ކަމަށް ވެސް ދިފާއީ ވަކީލުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާ ދިފަ އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލައިފަ އެވެ.

މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އަދި އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް އެ ދުވަހު ދަނޑަށް ވަނެވެ.