ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ވިކްޓަރީގެ ފޯވާޑް އަނަޓޮލީ ވްލަޝިޗޭވްއާ ދިމާކުރުމުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައިކަން އޭނާގެ ގާތް މީހަކު ބުނެފި އެވެ.
ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ވިކްޓަރީގެ ފޯވާޑް އަނަޓޮލީ ވްލަޝިޗޭވްއާ ދިމާކުރުމުން އޭނާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައިކަން އޭނާގެ ގާތް މީހަކު ބުނެފި އެވެ.
ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރައި ވަނީ އަނަޓޮލީއަށް ހަމަލާ ދޭން މަސައްކަތް ކޮށްފަ އެވެ. އެއީ އޭނާ ކުޑަ ހެންވޭރު ކުޅުންތެރިޔަކަށް ކުރި ފައުލާ ގުޅިގެން އޭނާ އަށް ރެފްރީ އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުންނެވެ.
ކުޑަހެންވޭރުގެ ސަޕޯޓަރުން ވަނީ އަނަޓޮލީގެ ފަހަތުން ދުވެ އޭނާ އަށް ހަމަލާ ދޭން އުޅެފަ އެވެ. ދަނޑުގެ އިސްތިހާރު ބޯޑު މަތިން ދަނޑުގެ ކޮމަޕްއުންޑު ބޭރަށް އޭނާ ފުންމާލުމުން ވެސް އޭނާގެ ގައިގައި ޖަހަން މަސައްކަތް ކޮށްފައި ވެއެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން މެޗު އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލީ އެވެ.
އަނަޓޮލީއާ ގާތް ގުޅުމެއް އޮންނަ މީހަކު "މިހާރު" އަށް ބުނީ އެ ހަމަނުޖެހުންތަކުގެ ސަބަބުން އޭނާއަށް ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.
"އެހާހިސާބުން އޭނާ ނިންމައިފި ރާއްޖޭން ވަގުތުން ފުރަން. ޓީމުގެ ކޯޗަށް ވެސް މެސެޖްކޮށްފަ ބުނި ދެން ތިމަންނައަކަށް ނުވާނޭ. އޭނާ އަށް ރައްކާތެރިކަން އޮތް ކަމުގެ އިހްސާސެއް ނުކުރެވޭ،" ނަން ހާމަ ކުރަން ބޭނުން ނުވެ "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ވީޑިއޯތައް ބަލާލީމަ ވެސް ފެނޭ ހަމަ ސީދާ ޓޯނީ [އަނަޓޮލީ] އާ ދިމާކުރަން މަސައްކަތްކޮށްފަ ހުރީ. މިކަހަލަ ކަމެއް ދީމާވީމަ ހަމަ ކޮންމެ މީހަކު ވެސް ބިރު ގަންނާނެ."
މިއީ ދުވަހަކުވެސް މިރާއްޖޭގައި ފުޓްބޯޅަ ދަނޑެއްގައި ފެނުނު މަންޒަރެއް ނޫން! #ދިވެހީންގެރާއްޖެ #DhivehingeRaajje
— Badr' (@Badruddeen) February 7, 2024
pic.twitter.com/EzLdHmm2J4
ކުޑަ ހެންވޭރުގެ ސަޕޯޓަރުން އަނަޓޮލީ ފަހަތުން ދުވާ ވީޑިއޯ
އޭނާ ބުނީ، އިތުރަށް ނުކުޅެވޭނެކަން އެންގި ފަހުން، އޭނާ ޓީމުގައި މަޑުކުރެވޭތޯ ވިކްޓަރީގެ މެނޭޖެމެންޓުން ވެސް ވަރަށް ވާހަކަ ދެއްކި ކަމަށެވެ. "އެކަމަކު ޓޯނީ ނިންމީ ދާން،" އޭނާ ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު، ވާދަވެރި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އަނަޓޮލީ ލިސްޓްކޮށްފައެއް ނެތެވެ.
"އޭރު އޭނާ ރާއްޖޭން ފުރައިފި،" ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑު ވެސް އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ނުފެނުނު ސަބަބާ ބެހޭގޮތުން އަނަޓޮލީގެ ގުޅުން އޮންނަ މީހާ ބުންޏެވެ.
ނިއުގެ މެޗަށް ފަހު ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރު ވުމުން، ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގައި ވިކްޓަރީގެ ކުޅުންތެރިން ވަނީ އަނަޓޮލީ ބޭނުން ކުރި ހަތް ނަންބަރު ޖޯޒީ ފެންނާނެ ގޮތަށް ގުރޫޕް ފޮޓޯގައި ދައްކާލާފަ އެވެ.
މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު
އެކަމަކު އެ ހަމަނުޖެހުމާ ބެހޭގޮތުން ވިކްޓަރީން އިއްޔެ ނެރުނު ބަޔާނުގައި އަނަޓޮލީ އަށް ކުރިމަތިވި ހާލަތާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނެތެވެ. އެ ބަޔާނުގައި ބުނީ ވިކްޓަރީގެ ކުޅުންތެރިންނާ އޮފިޝަލުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ.
ނަމަވެސް ކުޑަ ހެންވޭރުގެ ޓީމުގެ ކުޅުންތެރިޔެއް އަދި އޮފިޝަލެއްގެ ފަރާތުން އެއްވެސް ކަމެއް ވިކްޓަރީގެ އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިޔަކަށް ވެސް ކުރިމަތި ވެފައި ނުވާކަން ވެސް ވިކްޓަރީގެ ބަޔާނުގައި ވެއެވެ.
"މި ބަޔާން މި ވަގުތު މި ނެރުނީ ކުޑަހެންވޭރު (ޓީމުގެ) އޮފިޝަލެއްކަމަށްވާ އިބްރާހިމް އަލީފް ރައޫފް ދަނޑަށް އަރާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޓީމަށް ގެއްލުން ދީފައިވާ ކަމުގެ އަޑުފެތުރުމާ ގުޅިގެން ސަޕޯޓަރުންނަށް ހަގީގަތް ބަޔާންކޮށް ދިނުމުގެ މަގުސަދުގައި ކަމަށެވެ،" ވިކްޓަރީގެ ބަޔާނުގައި ވެއެވެ.
ކިރިގިސްތާނަށް ނިސްބަތްވާ އަނަޓޮލީ ވަނީ މީގެ ރާއްހޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ.
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟
ޓީނޭޖް އަތުން ބަލިވެ ވިކްޓަރީގެ ބާރު ކެނޑިއްޖެ
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ވިކްޓަރީން ހިންނަވަރުގައި ކޭމްޕް ކޮށްފި