Roadha Mihaaru

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެނީ

މާލޭގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ބިދޭސީއަކު ވެއްޓިގެން މިއަދު ފަރުވާދޭން ފަށައިފި އެވެ.

މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ފަރުވާދެނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 ފެބުރުއަރީ 2024

މާލޭގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ބިދޭސީއަކު ވެއްޓިގެން މިއަދު ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުންނަ އެ އިމާރާތުގެ މަތިން އިންޑިއާގެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އުމުރުން 20 އަހަރުގެ އެ ފިރިހެންމީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އިރު، އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މީގެ ކުރިން އިމާރާތުން ވެއްޓި މީހުން މަރުވެފައިވެސް ވެ އެވެ. ހާއްސަކޮށް މަސައްކަތުގައި އުޅޭ ބިދޭސީންނެވެ.