Roadha Mihaaru
ސިމްޑީގެ ރޯދަ ޕްރޮމޯޝަންގައި އެއްލައްކަ ރުފިޔާ ދެނީ

ސިމްޑީގެ ރޯދަ ޕްރޮމޯޝަންގައި އިނާމަކަށް އެއްލައްކަ ރުފިޔާ ދެނީ

13 ފެބުރުއަރީ 2024

އަގުހުރި އިނާމުތަކާ އެކު ސިމްޑީގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަގުހުރި އިނާމުތަކާ އެކު ސިމްޑީގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސިމްޑީގެ ހުރިހާ ފިހާރަތަކާއި އެ ކުންފުނީގެ މޮބައިލް އެޕުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ބާއްވާ ލަކީޑްރޯއަކާއި މުޅި ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯއެއް ހިމެނެ އެވެ.

ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯގެ އިނާމަކަށް މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ހުށަހަޅާފައި ވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ.

ސިމްޑީގެ ޖެނެރަލް މެނޭޖަރު ޔޫޝާއު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ މިހާރު

ސިމްޑީގެ ޖެނެރަލް މެނޭޖަރު ޔޫޝާއު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ މިހާރު

މި ޕްރޮމޯޝަން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިމްޑީގެ ޖެނެރަލް މެނޭޖަރު ޔޫޝާއު ސައީދު ވިދާޅުވީ މި އަހަރުގެ ޕްރޮމޯޝަނަކީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު، މިދިޔަ އަހަރު ލިބުނު ތަރުހީބުގެ ސަބަބުން އިނާމުތައް އިތުރުކޮށްގެން ބާއްވަން ނިންމި ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި އަހަރަކީ ސިމްޑީގެ ކަސްޓަމަރުންނަށް އެ ކުންފުނީގެ ޕްރޮޑަކްޓްތައް ހޯދުމަށް އިތުރަށް ފަސޭހަވާނެ އަހަރެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

"ރޯދައަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރު ވާނީ ހުޅުމާލޭގަ ސިމްޑީ ސީޕީޑީ ފިހާރައެއް ހުޅުވާފަ. އަދި ދާދިފަހުން މާފަންނުގައި ވެސް ވާނީ ސީޕީޑީ ފިހާރައެއް ހުޅުވާފަ. އަޅުގަނޑުމެން މަސައްކަތް ކުރަނީ ފަސޭހައިން ރޯދަ މަހު ބޭނުންވާނެ ތަކެތި ސިމްޑީގެ ފިހާރަތަކުން ހޯދޭނެ މަގު ފަހިކޮށްދޭނެ." ޔޫޝާއު ދާޅުވި އެވެ.

މި އަހަރުގެ ރޯދަ ޕްރޮމޯޝަނުގައި ވެސް މިދިޔަ އަހަރެކޭ އެއް ފަދައިން ކޮންމެ ހަފްތާއަކަށް އިނާމު ހުށަހަޅާފައި ވާއިރު، ކޮންމެ ހަފްތާއަކަށް ވެސް ތިން އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

ރޯދަ މަހަށް ހުށަހަޅާފައިވާ "ވީކްލީ" އިނާމުތައް

ފުރަތަމަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ކޮންމެ މަހަކު 10 ކިލޯގެ ހަނޑޫގެ ރޭޓުން، އެއް އަހަރު ދުވަހަށް ދުނާރު ހަނޑޫ ސަޕްލައިކޮށް ދިނުން

- ދެ ވަނަ އިނާމު: ކޮފީ މެޝިނާއި، ކޭޕް ކަޕް، ކަޕް ސެޓް އަދި ކެޕްސޫލް ހިމެނޭ އިލީ ކޮފީ ބަންޑަލްއެއް

- ތިން ވަނަ އިނާމު: އިންސްޓަ360 ވަން އާރުއެސް ބޫސްޓް 4ކޭ އެޑިޝަން

ދެ ވަނަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ލެންސަކާއި އެކު ކެނޮން ޑީއެސްއެލްއާރު އީއޯއެސް 3000ޑީ ކެމެރާއެއް

- ދެ ވަނަ އިނާމު: އަވަން، ގޭސް ހޮބް، ރައިސް ކުކަރު އަދި ޕުލް އައުޓް ހުޑް ހިމެނޭ އިލޮކްޓްރޮލަކްސްގެ ކިޗަން އެޕްލަޔަންސް ބަންޑަލްއެއްް

ތިން ވަނަ އިނާމު: ޑްރިންކް ރެސިޕީ ފޮތަކާއި އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެއް

ތިން ވަނަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ސްޓިކް ވެކިއުމް އަކާއި ހޭންޑް ވެކިއުމްއެއް ހިމެނޭ ގޮތަށް އިލެކްޓްރޮލަކްސްގެ ހޯމްއެޕްލަޔަންސް ކްލީނިން ބަންޑަލްއެއް

- ދެ ވަނަ އިނާމު: ކެނޮން ޖީއެކްސް 6070 އިންކް ޖެޓް ޕްރިންޓަރެއް

- ތިން ވަނަ އިނާމު: އެކި ވައްތަރުތަކުގެ އެކި ފްލޭވާތައް ހިމެނޭ ދިލްމާ ޓީ ބަންޑްލްއެއް

ހަތަރު ވަނަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ގޭތެރެއަށް ބޭނުންވާ ޕްރޮޑަކްޓުތަކާއި ކާބޯތަކެތި އަދި ޕާސަނަލް ކެއާގެ ޕްރޮޑަކްޓުތައް ހިމެނޭ ސިމްޑީގެ ސީޕީޑީ ބަންޑްލްއެއް

- ދެ ވަނަ އިނާމު: ލެނޯވޯ ބްރޭންޑްގެ އެމް10 ޓެބްލެޓެއް

- ތިން ވަނަ އިނާމު: ޑްރިންކް ރެސިޕީ ފޮތަކާއި އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެއް

ސިމްޑީއިން މި ޕްރޮމޯޝަނާއި އެކު މި އަހަރު ވެސް ވަނީ ރޯދަ ހަދިޔާ ގިފްޓް ޕެކް ވަނީ ތައާރަފްކޮށްފަ އެވެ. މި އަހަރު ތައާރަފްކުރީ މި ދިޔަ އަހަރު އެންމެ ބޮޑު ތަރުހީބެއް ލިބުނު 500ރ. ގެ ގިފްޓް ޕެކާއި 1500ރ. ގެ ގިފްޓް ޕެކްތަކެވެ.