Roadha Mihaaru
ރާއްޖޭގައި ލެނޯވޯގެ އޮތޮރައިޒްޑް ޕާޓްނަރަކަށް ސިމްޑީ

ރާއްޖޭގައި ލެނޯވޯގެ އޮތޮރައިޒްޑް ޕާޓްނަރަކަށް ސިމްޑީ

10 ޖޫން 2024

ދުނިޔޭގެ މަޝްހޫރު ޓެކް ކޮމްޕެނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން ޕާޓްނަރަކަށް ސިމްޑީ ހަމަޖައްސައިފި އެވެެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ މަޝްހޫރު ޓެކް ކޮމްޕެނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން ޕާޓްނަރަކަށް ސިމްޑީ ހަމަޖައްސައިފި އެވެެ.

ސިމްޑީން ބުނި ގޮތުގައި ލެނޯވޯ ބްރޭންޑްގެ އުފެއްދުންތައް ޓެކް ޕްރޮޑަކްޓުތައްކަށް ހާއްސަ ސިމްޑީ ޓެކް ފިހާރައިން މިހާރު ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ ލެނޯވޯއާ އެކު ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ފޯރުކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިއްޖެ ކަަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގައި މަގުބޫލު މިފަދަ އެކި ޕްރޮޑަކްޓުތައް ފަސޭހައިން ފޯރުކޮށްދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ.

އަދި އަލަށް ގާއިމުކުރި މި ޕާޓްނާޝިޕު ފާހަގަކޮށް އެ ފިހާރައިގައި މިހާރު ވިއްކަން ފަށާފައިވާ ލެނޯވޯ ބްރޭންޑުގެ އެކި ޕްރޮޑަކްޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިމްޑީން ބުންޏެވެ.

ލެނޯވޯ ބްރޭންޑަކީ ރިލަޔަބަލް ދިގު މުއްދަތަކަށް ގެންގުޅެވޭ، އިނޮވޭޓިވް ލެޕްޓޮޕާއި ޑެސްކްޓޮޕް އަދި ޓެބްލެޓާއި މޮނީޓަރު ވިއްކުމަށް މަޝްހޫރު ބްރޭންޑެކެވެ. މި ބްރޭންޑުން އަމިއްލަ ބޭނުންތަކާއި ވިޔަފާރިތަކާއި ޑިޒައިނަރުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެކި ޕްރޮޑަކްޓުތައް ސިމްޑީއިން މިހާރު ލިބޭނެ އެވެ. އޭގެ ތެރޭގައި ލެނޯވޯ އައިޑިއާ ޕެޑް، ލެނޯވޯ ތިންކް ޕެޑް، ލެނޯވޯ ޔޯގާ، ލެނޯވޯ ލީޖަން، ލެނޯވޯ އެލްއޯކިއު، ނޯވޯ ތިންކް ސެންޓާ އަދި ލެނޯވޯ ތިންކް ސްޓޭޝަން ހިމެނެ އެވެ.

ލެނޯވޯގެ ޕްރޮޑަކްޓްތައް ގަންނަ ކަސްޓަމަރުންނަށް ތިން އަހަރުގެ ޖެނުއިން ވޮރަންޓީ އާއި ބްރޭންޑް ކޮންސަލްޓޭޝަން އަދި ޕްރޮޑަކްޓުގެ ގައިޑެންސާއި ޝޯރޫމުން ޕްރޮޑަކްޓު ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ސިމްޑީ ޓެކް އަކީ މަޝްހޫރު ކެނޮން ބްރޭންޑުގެ ވެސް އޮތަރައިޒްޑް ޑިސްޓްރިބިއުޓަރެވެ.