މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލަ އަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
13 ފެބުރުއަރީ 2024
މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަމިއްލަ އަށް އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް ހުށަހަޅަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާއްމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީގެ މަޝްވަރާއާ އެކު، އެއްގަމު އުޅަނދުގެ ވެރިފަރާތުން އަމިއްލަ އަށް އެ އުޅަނދެއް ނައްތާލަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ޕޮލިހާއި ވެމްކޯއާ ވެސް ގުޅިގެން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް، އެކަމަށް ހާއްސަ ފޯމު ފުރުމަށް ފަހު transport.gov.mv@1511 އަށް އީމެއިލްކުރެވޭނެ ކަމަށެވެ. މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ފޯމު ލިބޭނެ އެވެ.
އެ މުއްދަތުގައި ލިބޭ ފޯމުގެ ސައްހަކަން ކަށަވަރު ކުރަން ވައިބާ ވީޑިއޯ ކޯލެއް ކުރާނެ އެވެ. ވެރިފަރާތް ކަށަވަރު ކުރެވުމުން ފުލުހުންނާއި ވެމްކޯއާ ގުޅިގެން އުޅަނދު ނައްތާލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
އަމިއްލައަށް އުޅަނދުތައް ނައްތާލާނަމަ ތިލަފުއްޓަށް ގެންދަން ވެސް އެ އުޅަނދުގެ ވެރިފަރާތުން ހަރަދުކުރަންޖެހެ އެވެ. އެކަމަކު، މިނިސްޓްރީގެ މި ޕްރޮގްރާމްގައި ބައިވެރިވާނަމަ އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ. އޭގައި ބައިވެރިވުމުން ނިމުނީ އެވެ.
މާލޭގެ މަގުތަކުގައި، ހާއްސަކޮށް ތާރުމަގުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުން ބޮޑު ދައްޗެއް ވަނީ ކުރިމަތިވެފަ އެވެ. އެ މަގުގެ ދެ ފަރާތުގައި ކާރާއި ވޭނުތައް ޕާކްކޮށްފައި ހުރުމުން، ހަތަރު ލޭނުގެ އެ މަގުން މިހާރު ދުއްވަން ބޭނުން ކުރެވެނީ އެންމެ ދެ ލޭނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަނީ
69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީކުރި
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
އެހެން ޒޯނުތަކުގެ އުޅަނދު ރަޖިސްޓަރީ ކުރަން 6 މަސް
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް