Roadha Mihaaru
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި

13 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު ގާއިމުކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު ގާއިމުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި ރައީސް ވަނީ 22 ކަމެއް ހިމަނުއްވައިފަ އެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ތުރުކީ އަށް ކުރެއްވި އެ މަނިކުފާނުގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް

ތުރުކީގެ އަންކާރާގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރިއިރު، އެއީ ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމު ވެސް މެ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހި ކުރައްވަން ފައްޓަވައިފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ތުރުކީ ދަތުރުފުޅުގައި އެ ގައުމާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވި އެވެ. އަދި ރާއްޖެ އަށް ކާޑުގެ ބާވަތްތައް ގެންނަން ވެސް އެ ގައުމާ އެކު ވަނީ ރާއްޖެ އިން ސޮއިކޮށްފަ އެވެ.

ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ މެއި 28، 1979 ގަ އެވެ.