Roadha Mihaaru
އެންމެ ބޮޑެތި ކްލާސްރޫމުތައް ފިންލެންޑު ސްކޫލްގައި!

ރާއްޖޭގެ އެންމެ ބޮޑެތި ކްލާސްރޫމުތަކާ އެކު، ފިންލެންޑު އިންޓަނޭޝަނަލް ސްކޫލަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލަނީ

15 ފެބުރުއަރީ 2024

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގައި ރާއްޖޭގެ އެންމެ ބޮޑެތި ކްލާސްރޫމުތައް ހަދައި، އެ ކްލާސްރޫމުތައް ބެލެނިވެރިންނަށް މިއަދު ދައްކާލައިިފި އެވެ. އަދި އެ ސްކޫލުގެ ގްރޭޑް 1 އިން ޖާގަ ހޯދަން ބޭނުންވާ ކުދިންނަށް މިއަދު މެންދުރުފަހު ތިނެއް ޖަހާއިރުން ފެށިގެން ފުރުސަތު ހުޅުވައިލާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގައި ރާއްޖޭގެ އެންމެ ބޮޑެތި ކްލާސްރޫމުތައް ހަދައި، އެ ކްލާސްރޫމުތައް ބެލެނިވެރިންނަށް މިއަދު ދައްކާލައިިފި އެވެ. އަދި އެ ސްކޫލުގެ ގްރޭޑް 1 އިން ޖާގަ ހޯދަން ބޭނުންވާ ކުދިންނަށް މިއަދު މެންދުރުފަހު ތިނެއް ޖަހާއިރުން ފެށިގެން ފުރުސަތު ހުޅުވައިލާނެ އެވެ.

އައިލެންޑާސް އެޑިއުޝަން އަދި ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ގްރޭޑް 1 އައި އިތުރު ގްރޭޑުތަކަށް އެޑްމިޝަނަށް ހުށަހެޅޭނެ އެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގައި ގާއިމުކުރީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑެތި ކްލާސްރޫމުތައް ކަމަށް އެ ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި، އެއީ ރާއްޖޭގެ ސްކޫލުތަކުގައި ހުންނަ ކްލާހެއްގެ ހަތަރު ގުނަ ޖާގަ ބޮޑު ތަންތަނެވެ.

ފިންލެންޑުން އަލަށް ހުޅުވި 8 ބުރީގެ އިމާރާތުގެ ކޮންމެ ކްލާހެއްގައި 2،000 އަކަފޫޓު ހުރެ އެވެ. އެ ސްކޫލަށް ހާއްސަކޮށްގެން 10 ބުރީގެ އިމާރާތެއް މާލޭގެ ލޮނުޒިޔާރަތް މަގުގައި މިހާރު އަންނަނީ ހަދަމުންނެވެ.

އާ އިމާރާތުގެ ކުލާސްރޫމުތައް ކުދިންގެ އުމުރާ ގުޅޭ ގޮތަށް ޑިޒައިން ކޮށްފައިވާ، އެ ތަންތަން ހެދީ ކުދިންގެ ކިބައިގައި ހުންނަ ހާއްސަ ސިފަތައް ނެރެދެވޭނެ ޖާގައެއް އުފެއްދުމުގެ ވިސްނުމުގައި ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ. ކްލާސްރޫމުތަކުން ކުދިން އެކުގައި ކިޔެވުމާއި އެކި ގްރޭޑްތައް އެއްކޮށްލައިގެން ކިޔެވުމާއި ޓީމްވޯކް ފަދަ ކަރިކިއުލަމްގައި ހިމެނޭ މުހިންމު ކަންތައްތައް ހާސިލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ އާ އިމާރާތުގެ ކްލާސްރޫމްތަކާއި ފަރުނީޗަރުތައް ޑިޒައިންކުރީ، ފިންލެންޑުގައި ކްލާސްރޫމްތަކާއި ފަރުނީޗަރު ޑިޒައިން ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް އެ ސްކޫލުން ބުންޏެވެ.

އައިލެންޑާސް އިން ބުނީ، ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ކޮންމެ ގްރޭޑެއްގައި 50 ކުދިން ތިބޭނެ ކަމަށެވެ، ފިނިޝް އެއް ޓީޗަރަކާއި ދިވެހި ދެ ޓީޗަރަކާއި ސެން ޓީޗަރުންނާއި އެސިސްޓެންޓް ޓީޗަރުންނާ އެކު ކޮންމެ 13 ކުއްޖަކަށް ޓީޗަރެއް ކޮންމެ ވަގުތެއްގައި ވެސް ކްލާސްތަކުގައި ތިބޭނެ އެވެ.

އެ ސްކޫލުން އަންނަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ހުރިހާ ގްރޭޑެއްގައި ޓީޗަރުންނާއި ދަރިވަރުންގެ ރޭޝިއޯ އެންމެ ރަނގަޅު ސްކޫލުގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރި އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އެއިޔާ ވަނީ އަލަށް ޑިޒައިންކުރި ރީތި އަދި ފުރިޙަމަ ވަސީލަތްތަކެއް ހުރި އިމާރާތެއް ލިބުމަކީ އުފަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި އިމާރާތް ކިތަންމެ ފުރިހަމަ ނަމަވެސް، އެ ސްކޫލުގެ އެންމެ މުހިންމު އަސާސަކީ ސްކޫލްގެ ކަރިކިއުލަމާއި ޓީޗަރުން ކަމަށް ވިދާޅުވި އެވެ. އެ ސްކޫލުގައި ޓީޗަރުން ބާރުވެރި ކުރުވަނީ، ކުދިންނަށް ސިލަބަސް ކަވަރު ކޮށްދިނުމަށް ވުރެ ބޮޑަށް، ދަރިވަރުންނަށް ކިޔަވައިދޭ އެއްޗެއް ފަހުމުވެ، ދޭހަވާކަން ޔަގީން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ހަމައެކަނި ފޮތަށް ބަރޯސާވެ، ކިޔެވުމުން ބޭރުވެ، ޕްރެކްޓިކަލް ގޮތެއްގައި ފިލާވަޅުތައް އުނގަންނައި ދިނުމަށް، ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތަކެއް ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި އަންނަނީ ހިންގަމުންނެވެ. އެއީ ފިންލެންޑުގެ އެންމެ ކުރީގައި އުޅޭ ފަސް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ އޯލޫ ޔުނިވާސިޓީ އިން ހިންގާ ޕްރޮގުރާމުތަކެކެވެ.

Admissions

Admission into IE World School

ie-world

އައިލެންޑާސް އެޑިއުކޭޝަނުގެ ވެބްސައިޓު.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން މިހާރު ވަނީ ގްރޭޑް 1 ގެ 50 ޖާގަ އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އައިލެންޑާސް އެޑިޔުކޭޝަން އަދި ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް ގްރޭޑް އެކަކާއި އިތުރު ގްރޭޑުތަކަށް އެޑްމިޝަނަށް ހުށަހެޅޭނެ އެވެ.