Roadha Mihaaru
ތައުލީމީ ނިޒާމާ މެދު ދެކޭގޮތް ބަދަލުކޮށްލަނީ

ފިންލެންޑް ސްކޫލުން ތައުލީމީ ނިޒާމާ މެދު ދެކޭ ގޮތް ބަދަލުކޮށްލަނީ!

16 އެޕްރީލް 2023

މި އަހަރު ރަސްމީކޮށް ސާނަވީ ތައުލީމް ތައާރަފް ކުރި ފިންލެންޑް ސްކޫލްގެ ކިޔަވައިދިނުމުގެ އޮނިގަނޑު ބައްޓަންކޮށްފައި ވަނީ ރާއްޖޭގައި މިހާރު އޮތް ތައުލީމީ ސަގާފަތާ ތަފާތުކޮށެވެ. ރާއްޖޭގައި ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަނީ އޯލެވެލް އިމްތިހާނަކީ 10 އަހަރު ދުވަހުގެ ތައުލީމުގެ އަމާޒުކަމުގައި ބަލައިގެންނެވެ.

މި އަހަރު ރަސްމީކޮށް ސާނަވީ ތައުލީމް ތައާރަފް ކުރި ފިންލެންޑް ސްކޫލްގެ ކިޔަވައިދިނުމުގެ އޮނިގަނޑު ބައްޓަންކޮށްފައި ވަނީ ރާއްޖޭގައި މިހާރު އޮތް ތައުލީމީ ސަގާފަތާ ތަފާތުކޮށެވެ. ރާއްޖޭގައި ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަނީ އޯލެވެލް އިމްތިހާނަކީ 10 އަހަރު ދުވަހުގެ ތައުލީމުގެ އަމާޒުކަމުގައި ބަލައިގެންނެވެ.

އޯލެވެލް އިމްތިހާނުގެ ސިލަބަސް ދަރިވަރުން ކިޔަވަނީ އެ ކުދިންގެ 10 އަހަރުގެ ދިގު ތައުލީމީ މަރުހަލާގެ އެންމެ ފަހު ދެ އަހަރެވެ. ފުރަތަމަ އަށް އަހަރު ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ތައުލީމަށް ދެވޭ އަހަންމިއްޔަތުކަން ކުޑަކަމަކީ ބަދަލުކުރަން ޖެހޭ ސަގާފަތެއް ކަމަށް ފިންލެންޑް ސްކޫލުން ދެކެއެވެ. އެ އަށް އަހަރަކީ ދަރިވަރުން ކިޔެވުމާއި ދަސްކުރުމާ މެދު ވިސްނާ ގޮތާ މުހިއްމު މާއްދާތަކުގެ އިލްމުގެ ބިންގާ އެޅޭ އަހަރު ކަމަށް ވާތީ އެވެ.

ފިންލަންޑް ސްކޫލުގެ އަމާޒަކީ މިހާރު މި އޮތް ތައުލީމީ ސަގާފަތް ބަދަލުކުރުން. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލަންޑް ސްކޫލުގެ އަމާޒަކީ މިހާރު މި އޮތް ތައުލީމީ ސަގާފަތް ބަދަލުކުރުން. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އޯލެވެލް އިމްތިހާނުގެ ނަތީޖާއަކީ 10 އަހަރު ދުވަހު ސްކޫލްގައި ކިޔެވި ހުރިހާ އެއްޗެއްގެ ނިންމުން ކަމަށް ބެލެވިފައި އޮންނަ އޮތުމަކީ ދަރިވަރުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން ދެކެއެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް ހިންގާ ކުންފުނި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވި ގޮތުގައި އޯލެވެލް އަށް އަމާޒު ހިފާ، ދަރިވަރުންނަށް މިހާރު ކިޔަވާ ދިނުމަށް ގެންގުޅޭ އުސޫލުތަކަކީ އެންމެ އެކަށީގެންވާ އުސޫލުތަކެއް ނޫނެވެ.

"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ހަގީގަތަކަކީ އޯލެވެލް އިމްތިހާނުން ފާސްވުން ބިނާވެފަ މި އޮންނަނީ ޕާސްޓް ޕޭޕަރުތައް އެތައް ފަހަރަކު ހަދާ ވަކި ސުވާލުތަކަކަށް ޖަވާބުދޭން ކުދިން ތަމްރީނު ކުރާ ނިޒާމެއްގެ މައްޗަށް, މިގޮތަށް "ރޯޓު ލާން" ކޮއްގެން ފާސްވުމާއި ދަރިވަރުންނަށް 10 އަހަރު ވަންދެން މެދުނުކެނޑި ދުޅަހެޔޮ ވަށާތައުލީމެއް ފޯރުކޮށްދިނުމަކީ ވަރަށް ތަފާތު ދެ ތައުލީމީ އަމާޒެއް."

ފިންލެންޑް އިންޓަނޭޝަނަލްގެ ވިސްނުމަކީ މި ސަގާފަތުން ބޭރުވެ، 16 އަހަރު ވާއިރު އެއްވެސް ދަރިވަރެއް ފެއިލް ނުވެ އަސާސީ ތައުލީމު ފުރިހަމަކުރުން ކަށަވަރު ކުރުމެވެ.

މިހާރު އޮތް ތައުލީމީ ސަގާފަތްތަކުން ބޭރުވެ، ކިޔަވައިދޭ އިލްމު ބޭނުންކުރަން ދަސްކޮށްދޭ ތައުލީމު ދިނުމާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

މިހާރު އޮތް ތައުލީމީ ސަގާފަތްތަކުން ބޭރުވެ، ކިޔަވައިދޭ އިލްމު ބޭނުންކުރަން ދަސްކޮށްދޭ ތައުލީމު ދިނުމާއި ގުޅޭ ގޮތުން މައުލޫމާތު ދެނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

ފިންލެންޑް އިންޓަނޭޝަނަލުން 10 އަހަރުގެ ކިޔަވުން ނިންމާ ހުރިހާ ދަރިވަރުންނަށް "ފިނިޝް ބޭސިކް އެޑިއުކޭޝަން ސެޓްފިކެޓް" ލިބިގެންދާނެއެވެ. އޭގެ އިތުރުން އައިޖީސީއެސްއީ އިމްތިހާނުގައި ދަރިވަރުން ގްރޭޑު 10 ގައި ބައިވެރި ވެސް ވާނެއެވެ.

ފިންލެންޑް ސްކޫލުގެ ޕެޑަގޮޖިކަލް ޑިރެކްޓާ ވިލީ ކުރުކެލާ ވިދާޅުވީ މުޖުތަމައަށް ބޭނުންތެރި ދަރިންތަކެއް ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި މުހިންމީ އިމްތިހާނުން ހަމައެކަނި ފާސްވުންތޯ ނުވަތަ އުނގެނޭ އިލްމުގެ ބޭނުން ކޮށްގެން ތިމާ އުޅޭ މުޖްތަމައަށް ބޭނުންތެރި ހިދުމަތްތަކެއް ފޯރުކޮށްދޭން އެނގޭ ފަރުދެއް ބިނާ ކުރުމަށްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ފިންލެންޑް ސްކޫލުގެ ގްރޭޑް 9 އާއި 10ގައި އައިޖީސީއެސްއީ މާއްދާތައް ކިޔަވާދޭނީ "ނޫ އިގްތިސާދު"ގެ ކޮންސެޕްޓަށް ފެތޭ ގޮތަށެވެ. "ނޫ އިގްތިސާދަކީ" ވަށައިގެން ކަނޑު އޮންނަ ގައުމުތައް ދެމެހެއްޓެނިވި ތަރައްގީކޮށް ކުރިއެރުވޭނެ ސިޔާސަތާ ވިސްނުން އެކުލެވޭގޮތަށް ޔުނައިޓަޑް ނޭޝަންސް އިން ތައްޔާރުކޮށްފައިވާ ކޮންސެޕްޓެކެވެ.

އެ ކޮންސެޕްޓަށް ފެތޭ ގޮތަށް، ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށް، ތަރައްގީކުރުމަށް ބޭނުން ވާނެ ގިނަ މާއްދާތަކެއް ފިންލެންޑް ސްކޫލްގައި ދަރިވަރުންނަށް ކިޔަވާދޭނެ އެވެ. އޭގެ ތެރޭގައި މެރިން ސައިންސް، އެންވަޔަރަމެންޓަލް މެނޭޖްމަންޓް، ކޮމްބައިންޑް ސައިންސަސް (ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް), ޓްރެވަލް އެންޑް ޓުއަރިޒަމް ފަދަ މާއްދާތައް ހިމެނެ އެވެ. އިތުރު ހުރިހާ މާއްދާތަކަކީ ވެސް އެ ކޮންސެޕްޓާ ގުޅުވާ އައިޖީސީއެސްއީ ސިލަބަސް ފުރިހަމަވާގޮތަށް ޕްރޮޖެކްޓްތަކަކަށް ބުރަވެގެން ފިންލެންޑް ސްކޫލުގެ ތައުލީމު ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ މައްދާތަކެކެވެ.

މި ވިސްނުމުގައި ފިންލަންޑް ސްކޫލުން ސާނަވީ ތައުލީމު ބައްޓަން ކުރުމުގެ އެންމެބޮޑު މަގްސަދަކީ ދަރިވަރުންނަށް ދަސްވާ ހުރިހާ އިލްމެއް އެ ކުދިން އުޅޭ މާހައުލާއި ގުޅުވާ, ފުންކޮށް ވިސްނާ, އަމަލީ ގޮތުން މަސައްކަތްތަކެއް ކޮށް, އެ ތަޖުރިބާއިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ, އުފެއްދުންތެރިކަން ކުރިއެރުވުމެވެ.

ޕާސްޓް ޕޭޕަރުގައި އޮންނަ ސުވާލުތަކަށް ހަމައެކަނި ކުދިން ތައްޔާރުކުރުމުގެ ސަގާފަތުން ދުރުވެ ދަރިވަރުންނަށް ދުޅަހެޔޮ ތައުލީމެއް ފޯރުކޮށް ދެވިދާނެކަން ޔަގީންކޮށްދިނުމަކީ ފިންލަންޑް ސްކޫލުގެ ވަރަށް މުހިންމު އަމާޒެކެވެ.

ޔުނިވާސިޓީތަކާއި ވަޒީފާ ދޭ ފަރާތްތަކުން ދަރިވަރުން ކިޔެވި ތައުލީމު އަމަލީ ގޮތެއްގައި ބޭނުން ކުރާ މިންވަރަށް ބަލާ ޒަމާނެއްގައި ފިންލަންޑް ސްކޫލުން އަމާޒު ހިފައިފައި ހުރީ އެ ފަދަ ދަރިވަރުންތަކެއް އެ ސްކޫލުގައި ބިނާ ކުރުމަށެވެ. ދަރިވަރުން ކިޔަވާ އިލްމަކީ ދިރިއުޅުމުގައި ބޭނުން ހިފޭނެ އިލްމަކަށް ހެދުމަށެވެ. އަދި ކްލާސްރޫމުން ބޭރުގައި ބޭނުން ކުރެވޭނެ މުހިންމު ހުނަރުތައް ދަސްކޮށްދީ، ކޮންމެ ދަރިވަރެއްގެ ހުރި ތަފާތު ހުނަރުތައް ދެނެގަނެ، އެ ކަންތައްތައް އިތުރަށް ތަރައްގީކޮށް މަތީ ތައުލީމާއި ވަޒީފާގެ މައިދާނުގައި ނުވަތަ އަމިއްލަ މަސައްކަތެއް ކުރާނަމަ، އެކަމެއްގައި ކާމިޔާބު މީހަކަށް ކޮންމެ ދަރިވަރެއް ވެސް ހެދުމެވެ.

ނޯޓު: މިއީ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.