Roadha Mihaaru
ހިޔާ ފްލެޓުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް

ހިޔާ ފްލެޓުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހަދަނީ

15 ފެބުރުއަރީ 2024

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ހިޔާ ފްލެޓުން ކޮމާޝަލް ޔުނިޓެއް މިއަދު ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ހިޔާ ފްލެޓުން ކޮމާޝަލް ޔުނިޓެއް މިއަދު ދީފި އެވެ.

އެޗްޑީސީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ސީއެފްއޯ އަހުމަދު ޝާމް ސޮއި ކުރެއްވިއިރު ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ އިމާމު އަބްދުލް ޖަލީލު އިސްމާއިލާއި އިމާމު އަބްދުﷲ ރަޝީދެވެ.

އެޗްޑީސީން ބުނީ ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ދީފައި ވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށެވެ. ފަސް އަހަރަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް އެއްބަސްވެފައިވާއިރު އެތަނުން ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެއާ އެކު ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތްތައް ހޯދަން ހުޅުމާލޭގައި އުޅޭ މީހުންނަށް އިތުރަށް ފަސޭހަވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ގުރުއާނާ ބެހޭ މަރުކަޒަކީ އެކި އުމުރުފުރާގެ މީހުންނަށް ގުރުއާން ކުލާސްތަކާއި ކޯސްތަކާއި ގާރީ ކޯހާއި އިމާމް ކޯހުގެ އިތުރުން ހާފިޒުން ވެސް ތަމްރީނުކުރާ ތަނެކެވެ. މާލޭގައި ގުރުއާނާ ބެހޭ މަރުކަޒު ހިންގަމުން އައި އިމާރާތް ބާވެ، އެތަން ހިންގުން ވަނީ ސަލްމާނު މިސްކިތަށް ބަދަލުކޮށްފަ އެވެ.